އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ މިސްރާބު: ޤާނޫނުގަ ނުކުރެވޭނެ ކަމަށް ލިޔެފަ ނެތް ކޮންމެ ކަމެއް ކުރެވޭނެ!

ރާއްޖޭގެ މިސްރާބު: ޤާނޫނުގަ ނުކުރެވޭނެ ކަމަށް ލިޔެފަ ނެތް ކޮންމެ ކަމެއް ކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ހިނގައި ދިއަ ކަންކަމަށް ބަލައި ރާއްޖޭގެ ކަންކަން މިހާރު ދަތުރުކުރަމުން މިދާ މިސްރާބަށް ބަލައިފިނަމަ އެކަމެއް ނުކުރެވޭނެ ކަމަށް އަކުރުން އަކުރަށް ޤާނޫނުގައި ލިޔެފައި ނެތް ކޮންމެ ކަމެއް ކުރެވޭނެއެވެ.

މާލޭގެ މޫނުމަތީގެ އެންމެ މުހިންމު ސަރަހައްދު ކަމަށްވާ ޖުމްހޫރީ މައިދާނަށް ޤަޟާޙާޖަތް ނުކުރެވޭނެކަމަށް ބުނާ އެއްވެސް މާއްދާއެއް ޤާނޫނު އަސާސީގައި ނެތުމުން އެކަން ކުރުމަށް އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށް މިވަނީ ވެފައެވެ.

ޤާނޫނު އަސާސީ އަކީ އިންސާނުން އުފައްދާ އެއްޗެކެވެ. އެހެންކަމުން ކުރަން ލާޒިމުކޮށް ޤާނޫނު އަސާސީގައި ލިޔެފައި ނެތް ކޮންމެ ކަމެއް ކުރެވޭނެ ނަމަ ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް ހުންނާނެއެވެ.

މިސާލަކަށް ޤާނޫނު އަސާސީގައި މަނާކުރަނީ މީހުން މެރުމެވެ. އެއިގެ މާނައަކީ އެއްވެސް ގޮތަކުން މީހުން މަރައިގެން ނުވާނެ ކަމެވެ. މީސްތަކުންގެ ފުރާނަ ހިމާޔަތްކުރަންޖެހޭނެ ކަމެވެ. އެއްވެސް މީހަކަށް ހަމަލާދީ އަނިޔާކޮށްގެން ނުވާނެ ކަމެވެ. އެފަދަ ކަމެއް ކުރި މީހަކަށް ބޮޑެތި އަދަބުތަކެއް ލިބޭނެކަން ޤާނޫނުތަކުގައި ވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށްފައެވެ.

މިކަންކަން މިހައި ސާފުކޮށް އެނގެން އޮތްއިރުވެސް "ހަންޖަރު ހެރުން" މަނާކުރާ ކަމަށް އެއްވެސް މާއްދާއެއްގައި ލިޔެފައެއް ނެތެވެ.

އެހެންވެއްޖެނަމަ އެއީ ހަންޖަރު ހެރުން ހުއްދަވީކަމަށް ބަލައި ހަންޖަރު ހަރަން ފަށައިފިނަމަ ދެން ޤައުމުގެ ކަންކަން ވާނީ ކިހިނެއް ކަމާއިމެދު ސުވާލު އުފެދެއެވެ. "ހަންޖެރުން ހެރުން" އެއީ ކުށެއް ކަމަށް ނެތުމާއި "ކަނޑިން ކަތިލުން" އެއީ ކުށެއް ކަމަށް ޤާނޫނު އަސާސީގައި ލިޔެފައި ނެތުމަކީ އެއީ ކުރުން ހުއްދަ ކަންކަން ކަމަށް ބަލައިފިނަމަ ދެންވާނީ ކިހިނަކުންތޯއެވެ؟

މިކަންކަމަކީ ވަރަށް ބިރުހުރި ކަންކަމެވެ. މިފަދަ އަމަލުތައް ކުރާމީހުންގެ ދިފާޢީ ވަކީލުން ކޯޓުތަކުގައި މިމޭރުމުން ވަކާލާތު ކުރުމަށް އިއްޔެ އެވަނީ ލައިސަންސެއް ލިބިފައިކަމަށް ޤަބޫލުކޮށް ބިރުން އުޅޭ މީހުން މަދެއް ނޫނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރަށް އަމަލުކުރަން ރައްޔިތުންނަށް ޖެހޭނަމަ ކަންތައްތަކެއް ކުރަން ރައްޔިތުންގެ މައްޗަށް އެބަ ލާޒިމު ކުރެއެވެ.

މިސާލަކަށް ކޯޓު އަމުރަކާއި ނުލައި މީހަކު ހިފައި ހައްޔަރުކުރާނަމަ، ނޫނީ ކޯޓު އަމުރަކާއި ނުލައި ތަނެއް ބަލައިފާސްކުރާނަމަ ކަންތައްތަކެއް ކުރަން ރައްޔިތުންގެ މައްޗަށް ލާޒިމުވެގެން އެބަދެއެވެ. ހައްޔަރު ކުރަން މިއުޅެނީ ދިވެހި ރައްޔިތުންނެއް ނޫންތޯއެވެ؟ ހައްޔަރުވާން މިޖެހެނީ ދިވެހިރައްޔިތަކަށް ނޫންތޯއެވެ. ބަލައިފާސްކުރަން އުޅެނީ ދިވެހިންގެ ތަންތަނެއް ނޫންތޯއެވެ؟ އެކަމަށް އެއްބާރުލުން ދޭން ދިވެހިންނަށް ނުޖެހެނީތޯއެވެ؟

ފުލުހުންނަކީވެސް ހަމަ ރައްޔިތުންނެވެ. ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކުރަން ދަނީ ފުލުހުންނެވެ. ފުލުހުން އެކަންކުރާއިރު އެމީހުންގެ ކިބައިން ދިވެހިރައްޔިތެއްގެ ޙައްޤު އެމީހުންގެ ކިބައިން ނުގުޅައިގެނެވެނީތޯއެވެ؟

މިއީ އެންމެ އާދައިގެ ރައްޔިތުން ވެސް މިއަދު އުފައްދަމުން ގެންދާ ސުވާލުތަކެވެ. ރައްޔިތުން މިވަނީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. ދިވެހި ރައްޔިތުންނަށް އެކަމެއްގެ މައްޗަށް އަމަލުކުރަން ނުޖެހޭ ކަންތަކަކީ ކޮބައިކަމާއިމެދުގައެވެ. ބަލައިފާސްކުރަން ނުވަތަ ހައްޔަރުކުރަން އައުމުން އެއްބާރުލުން ނުދީފިނަމަ ދެން ވާނީ ކިހިނެއްތޯއެވެ؟

މިކަންކަން ކުރީގެ އެސިސްޓަންޓް ޕްރޮސެކިޔުޓަރޖެނެރަލް ހުސައިން ޝަމީމް މިއަދު އެވަނީ ވަރަށް ރަނގަޅަށް އޮޅުންފިލުވައި ދެއްވާފައެވެ.

ޝަރީއަތް ކުރުމުގައި ބަލަނީ ކިޔާ ނަމަށް ނޫން ކަމަށާއި ބަލަނީ ކުރާ ކަމަށްކަން ޝަމީމް ވަނީ ވަރަށް ރަނގަޅަށް ހާމަކޮށްދެއްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް