އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިއުމާގެ ރައްދު- ޓްވިޓާގައި ރައްޔިތުން ޚިޔާލު ފާޅު ކުރަނީ ސިޔާސީ ދާއިރާގަ އުޅޭތީތޯ؟

ނިއުމާގެ ރައްދު- ޓްވިޓާގައި ރައްޔިތުން ޚިޔާލު ފާޅު ކުރަނީ ސިޔާސީ ދާއިރާގަ އުޅޭތީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ހާލަތާއި މެދު ރާއްޖެއިން ބޭރުގެ ގިނަ ބަޔަކާއި ދިވެހި ގިނަ ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން މިހާރު ނެރެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތަށް ތާއީދު ނުކުރާ ކަމަށް ބުނެ ވެސް އެތައް ބަޔަކު ވަނީ ޓްވިޓާ އާއި އެނޫންވެސް މީސްމީޑިއާގެ އެކިއެކި ޒަރީޢާއިން ފާޅު ކޮށްފައެވެ.

އެފަދައިން ޝުޢޫރުފާޅު ކުރި އެކަކީ، ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ނިއުމާ މުޙައްމަދުއެވެ. ނަމަވެސް އޭނާ އެފަދައިން ޝުޢޫރުފާޅު ކުރުމުން، ސިޔާސީ ދާއިރާއަށް އޭނާ ވަންނަނީތޯ ސުވާލު އުފައްދާ އަޑުތަކެއް ވަނީ ފެތުރިފައެވެ.
އެގޮތުން ރާއްޖޭގެ އޮންލައިން ނޫހެއްގައި މިއަދުވަނީ އެކަމާއި ގުޅިގެން ޚަބަރެއް ވެސް ލިޔެފައެވެ.

"ފިލްމީ ތަރި، ނިއުމާ ސިޔާސީ ދާއިރާއަށް؟!" މިސުރުޙީގެ ދަށުން ލިޔެފައިވާ ޚަބަރަށް ރައްދު ދެމުން ނިއުމާ އޭނާގެ ރަސްމީ ޓްވިޓާ ގައި އަހާފައިވަނީ ޓްވިޓާގައި ދިވެހި ރައްޔިތުން ޚިޔާލު ފާޅު ކުރަނީ ސިޔާސީ ދާއިރާގަ އުޅޭތީތޯ އެވެ.



"ޓްވިޓާގައި ދިވެހި ރައްޔިތުން ޚިޔާލު ފާޅު ކުރަނީ ސިޔާސީ ދާއިރާގައި އުޅޭތީތޯ؟ ކޮންމެ ރައްޔިތަކަށް ވެސް ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ޤާނޫނު އަސާސީން ލިބިފައިވޭ. އޭގެ މާނައަކީ ދިވެހި ހުރިހާ ރައްޔިތުންނަކީ ސިޔާސީ ދާއިރާގެ މީހުންނޭތޯ؟" ނިއުމާގެ ޓްވީޓްގައި އަހާފައިވެއެވެ.

ވާހަކަތައް ކޮންމެ ގޮތަކަށް ފެތުރެމުން ދިޔަނަމަވެސް، ސިޔާސީ ދާއިރާއާއި ރަސްމީކޮށް ގުޅުމުގެ އެއްވެސް ފިކުރެއް ނިއުމާގެ ނެތްކަން ހާމަވެއެވެ. އާންމު ރައްޔިތެކޭ އެއްފަދައިން އޭނާވެސް ޚިޔާލުފާޅު ކޮށްލީއެވެ.



އެޓްވީޓާއި ގުޅިގެން "މިއަދުނޫހަށް" މައުލޫމާތު ދެމުން ނިއުމާ ބުނީ އެއީ އެއްވެސް ސިޔާސީ މަޤްސަދެއްގައި ޖެހި އެއްޗެއް ނޫން ކަމަށެވެ.

"އަޅުގަނޑު އެއްވެސް ސިޔާސީ މަޤްސަދެއްގަ ޖެހި އެއްޗެއް ނޫން އެއީ. (ހިނގަނޑެއް ޖަހާލުމަށްފަހު) ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފެންނަ އެއްޗެއް ޓްވީޓް ކުރީ. ސިޔާސީ ވާކަށް ނޫން. އަބަދުވެސް ސޯޝަލް މީޑިއާގަ ލިޔަން ހަމަ އެއްޗެހި. ނޭނގެ ދެން ކުއްލިއަކަށް ބަޔަކު މި ސިޔާސީ ކުރީ ކީއްވެ ކަމެއް" ނިއުމާ ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ