އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އަސްތަޤްފިރުﷲ" ކިޔަންވީ ހަމައެކަނި ކުށެއް ނުވަތަ ފާފައެއް ކުރެވުމަކުން ނޫން- މުފްތީ މެންކު

"އަސްތަޤްފިރުﷲ" ކިޔަންވީ ހަމައެކަނި ކުށެއް ނުވަތަ ފާފައެއް ކުރެވުމަކުން ނޫން- މުފްތީ މެންކު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

"ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މާތް ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދުޢާ ކުރަންވީ، ހަމައެކަނި ތިމާއަށް ކުށެއް ނުވަތަ ފާފައެއް ކުރެވުމުން ނުވަތަ އެފަދަ ކަމެއް ކުރެވިއްޖެހެން ހީވުމަކުން ނޫނެވެ.

މާތް ﷲ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދުޢާ ކުރުމަށް މީހަކު ނަސޭޙަތް ދީފިނަމަ، އޭގެ މާނައަކީ ހަމައެކަނި ފާފައެއް ނުވަތަ ކުށެއް ކުރެވުމުން އެކަނި އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދުޢާ ކުރާށޭއެއް ނޫނެވެ.

އަޅަމެންގެ ނަބިއްޔާ މުޙައްމަދު (ޞޢޥ) އަށް ބައްލަވާލައްވާށެވެ. އެކަލޭގެފާނަކީ މާތް ﷲ ހެއްދެވި ހުރިހާ އިންސާނުންގެ ތެރެއިން ވެސް އެންމެ މަތިވެރި އިންސާނާއެވެ. އެންމެ ފަހުގެ ރަސޫލާއެވެ. އެންމެހާ ރިވެތި ޢުސޫލުތައް ލިބިފައިވާ، އަބަދުމެ އެކަލާނގެއަށް އަޅުކަން ކުރުމުގައި އަދި އެކަލާނގެ އެންގެވި ގޮތަށް ދެމިހުންނެވި އަދި އެގޮތްތައް އުޅުމަށް އެންމެހާ މީސްތަކުންނަށް ވެސް ގޮވާލެއްވި ނަބިއްޔާއެވެ. މާތް ﷲ އަބަދުމެ އެކަލޭގެފާނު ރައްކާތެރި ކުރައްވައެވެ.

އެހެންނަމަވެސް، އެކަލޭގެފާނު ކޮންމެ ދުވަހެއް ވެސް ނިމުމުގެ'އަސްތަޤްފިރުﷲ' އޭ ކިޔުއްވާ އިސްތިޢުފާރު ކުރައްވައެވެ. އެއްފަހަރު ދެފަހަރަކު ނޫނެވެ. ކޮންމެ ދުވަހަކުމެ 70 ފަހަރާއި 100 ފަހަރާއި ދެމެދުގެ އަދަދަކަށެވެ. މިކަމުން ދޭހަވަނީ، ކުށެއް ނުވަތަ ފާފައެއް ނުކުރާ ޙާލުވެސް އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދުޢާ ކުރުމުން، ފާފަފުއްސެވުމުގެ އިތުރުން ވެސް ގިނަގުނަ ނިޢުމަތްތައް އެމީހަކަށްޓަކައި މާތް ﷲ މިންވަރު ކުރައްވާނެ ކަމެވެ.

އަހަރުމެންގެ ދޫތަކުން އަބަދުމެ އެކަލާނގެ ހަނދުމަ ކުރުމަކީ ނުހަނު ގިނަގުނަ ސަވާބާއި ދަރުމަ ލިބިނެވި ކަމެކެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ