އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަތަރު ދަމު ތިއުޅެނީ ފޭސްބުކަށް ލައިކެއް އިތުރުކުރެވޭތޯއެވެ! ﷲ ގެ ލައިކެއް ލިބިއްޖެނަމަ އެއީ ކިތައް ޓްރިލިއަން ލައިކްކަން އެނގޭހެއްޔެވެ؟

ހަތަރު ދަމު ތިއުޅެނީ ފޭސްބުކަށް ލައިކެއް އިތުރުކުރެވޭތޯއެވެ! ﷲ ގެ ލައިކެއް ލިބިއްޖެނަމަ އެއީ ކިތައް ޓްރިލިއަން ލައިކްކަން އެނގޭހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ޞަހާބީންތަކެއް މިސްކިތުގައި ތިއްބަވަނިކޮށް އެތަނަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަޑައިގެން އެބޭކަލުން ދައްކަވަނީ ކޮން ވާހަކަފުޅެއްތޯ ސުވާލުކުރެއްވެވިއެވެ.

ޖަވާބުގައި އެބޭކަލުން ދެންނެވިއެވެ. އަޅަނޑުމެން މިދައްކާ ވާހަކައަކީ ޖާހިލުކަމުގައި އަޅުގަނޑުމެން ތިބި ދުވަސްވަރުގެ ވާހަކައެވެ. އެޙާލަތުގައި ތިއްބަވަނިކޮށް މާތް ﷲ ތެދުމަގު ދެއްކެވުމުން ލިބުނު ނިއުމަތްތަކުގެ ވާހަކައެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވިދާޅުވިއެވެ. ދެންމެ ޖިބްރީލްގެފާނު ވަޑައިގެން ތިއަބޭކަލުންނަށް މާތް ﷲ ލޯބިވެވޮޑިގެންފިކަމުގެ ޚަބަރު ދެއްވައިިފިއެވެ.

މާތް ﷲ މީހަކު ދެކެ ލޯބިވަޑައިގެންފިނަމަ އެކަން ޖިބްރީލްގެފާނަށް އަންގަވައެވެ. މާތް ﷲ އެކަން އެންގެވުމާއިއެކު ޖިބްރީލްގެފާނު އެމީހަކު ދެކެ ލޯބިވެވަޑައިގަންނަވައެވެ. އެއަށްފަހު ސުވަރުގޭގެ އެންމެހައި އަހުލުވެރިންނަށް އެކަން އަންގަވައެވެ. އަދި އެ އެންމެ ބޭކަލުން އެމީހަކަށް ލޯބިކުރައްވައެވެ.

ސުވަރުގޭގައި ތިއްބަވަނީ ކިހައި އަދަދެއްގެ ބޭކަލުންކަން އެނގޭހެއްޔެވެ؟ މިދައްކަނީ އެތައް ބައިވަރު ޓްރިލިއަން މަލާއިކަތް ބޭކަލުންނާއި އެތައް ޓްރިލިއަން ބޭކަލުންގެ ވާހަކައެވެ. އެހެންކަމަށްވާއިރު އެމީހަކަށް ލިބިގެން އެދަނީ ކިތައް ލައިކް ހެއްޔެވެ؟

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މުޅި ދުވަސް ހޭދަކޮށްލަނީ އޭނާގެ ފޭސްބުކް ޕޭޖަށް ލައިކެއް އިތުރުކޮށްލެވޭތޯއެވެ! މާތް ﷲ ގެ ލޯބި ހޯދަން ކުރެވޭ މަސައްކަތަށްވުރެ ފޭސްބުކަށް ލައިކެއް އިތުރުކުރެވޭތޯ ކުރެވޭ މަސައްކަތްތައް މިއޮންނަނީ އެތައް ގުނައެއް އިތުރުވެފައެވެ.

ލޮބުވެތި މުސްލިމުންނޭވެ. މިއަދުވެސް ޖިބްރީލްގެފާނު މިބިމަށް ވަޑައިގަންނަވައެވެ. ޚާއްޞަކޮށް ރޯދަމަހުއެވެ. އަހަރެމެން ހެޔޮ އަމަލުކުރަން ތިއްބައި ވަޑައިގެން އެތަން ބައްލަވައިފައި ވަޑައިގެން މާތް ﷲ އަށް ދެންނެވުމުން މާތް ﷲ ގެ ލޯބި އެމީހަކަށް ނުވަތަ އެބައަކަށް ލިބިއްޖެނަމަ އެއީ ކޮންފަދަ މަތިވެރި ނިއުމަތެއްތޯއެވެ؟

ހަމައެކަނި މިސްކިތަކު ނޫނެވެ. ގޭގައި އިނދެގެން ނަމަވެސް ހެޔޮ އަމަލުތައް ކުރެވިދާނެއެވެ. ނަމާދުކޮށް ޤްރްއާން ކިޔެވިދާނެއެވެ. އެފަދަ އަމަލެއް ކުރަން ތިބާ ގޭގައި އިންދައި ޖިބްރީލްގެފާނަށް ތިބާގެ ގެއަށް ވަޑައިގެންނެވިއްޖެ ނަމަ އެކަން ވެގެންދާނީ ކޮންފަދަ މަތިވެރި ދަރަޖައިގެ ކަމަކަށްކަން އިހްސާސްކުރަން އެނގޭނެހެއްޔެވެ؟

ވީމާ މަސައްކަތްކުރަންވީ ކޮން ލައިކެއް ހޯދަން ހެއްޔެވެ؟ ކޮން ލައިކެއް އިތުރުކުރެވޭތޯ ހެއްޔެވެ؟

އެނގޭ ހެއްޔެވެ؟ ޤިޔާމަތް ދުވަހު އަމަލުތައް ކިރާ މިޒާންގެ ވެރިއަކަށް ހުންނަވާނީ ވެސް ޖިބްރީލްގެފާނެވެ. ތިބާއަކީ ޖިބްރީލްގެފާނުގެ ލޯބި ލިބިވަޑައިގެންފައިވާ މީހަކަށް ވެއްޖެނަމަ އެއީ ކޮންފަދަ މަތިވެރި ނިއުމަތަކަށްވެގެންދާނެއެވެ. އެކަމަކު ޔަޤީންކުރާށެވެ. ޖިބްރީލްގެފާނުގެ ލޯބި ލިބޭނީ މާތް ﷲ ގެ ލޯބި އެމީހަކަށް ލިބިގެންނެވެ.

ގުޅުންހުރި ދަރުސް:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް