އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. ޒިޔާދު އަށް ދީނީ ޢިލްމުވެރިން އެނގިނުލައްވާނަމަ އިސްތިއުފާ ދެއްވާ- ޑރ. އިޔާޛް

ޑރ. ޒިޔާދު އަށް ދީނީ ޢިލްމުވެރިން އެނގިނުލައްވާނަމަ އިސްތިއުފާ ދެއްވާ- ޑރ. އިޔާޛް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އިސްލާމިކް މިނިސްޓަރު އަޙުމަދު ޒިޔާދު އަށް ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިން އެނގި ވަޑައިނުގަންނަވާނަމަ، އަވަހަށް އިސްތިއުފާ ދެއްވުން ރަނގަޅުވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޛް އަބްދުލް ލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޛް ގެ ފޭސްބުކް ޕޭޖުގައި އިސްލާމިކް މިނިސްޓަރަށް އެޑްރެސްކޮށް މިއަދު ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީގެ ރައީސް ޝެއިޚު އިމްރާން ދޫކޮށްލުމަށް ޕެޓިޝަންގައި ސޮއިކޮށްފައިވާނީ ދީނީ ޢިލްމުގެ ރޮނގުން ދަށްވެގެން ބީއޭ އޮތް ބޭފުޅުން ކަމަށެވެ.



"ޝެއިޚް އިމްރާން ދޫކޮށްލަން ގޮވާލާ ޕެޓިޝަންގައި ސޮއިކޮށްފައިވާނީ ދީނީ ޢިލްމުގެ ރޮނގުން ދަށްވެގެން ބީއޭ އޮތް ބޭފުޅުންނެވެ. ސޮއި ކުރައްވަން ބޭނުންވާ އެހެންނަމަވެސް އަނިޔާވެރިންގެ ވަކިތަކަށް ބިރަށް ސޮއި ނުކުރައްވާ ބޭފުޅުންގެ އަދަދު 40 އަށްވުރެ ގިނަކަން ވެސް މަނިކުފާނަށް ދަންނަވަމެވެ." ޑރ. އިޔާޛް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ޑރ. އިޔާޛް ވިދާޅުވެފައިވަނީ ދެ އަނތްބަށް ކައިވެނި ކުރުމާއި ޙައިޟު ނިފާސް ގެ ވާހަކައަކީ ވެސް މީހުންނަށް ދަސްކޮށްދޭން ޖެހޭ ކަންތައް ކަމަށާއި މީހުންނަށް ދަސްކޮށް ދޭން ޖެހޭ ކޮންމެ ކަމެއްގައި ވެސް ފަސް ޖެހުމެއްނެތި މާތް ﷲ ގެ ރަޙްމަތާއިއެކު ކުރިއަށް ދާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







Ji 2018-02-24 19:50:36

Ragalhu vahaeh thee


މަރިޔަމް ވަހީދާ