އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަސްރީނާ އާ ޔުމްނާ ރައީސް މައުމޫނާ ބައްދަލުކުރައްވައިފި

ނަސްރީނާ އާ ޔުމްނާ ރައީސް މައުމޫނާ ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް އާއި ދަރިކަނބަލުން ޔުމްނާ މައުމޫން ރައީސް މައުމޫން އާއި ބައްދަލުކުރައްވައިފި އެވެ.

ޔުމްނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅުގެ ޙާލުކޮޅު ރަނގަޅު ކަމަށެވެ. ޔުމްނާ މިކަން ހާމަކުރައްވާފައިވަނީ ދޫނިދޫ ޖަލަށް ވަޑައިގެން ބައްޕާފުޅާއި ބައްދަލުކުރެއްވުމަށްފަހުގައެވެ.

މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރުމަށްފަހު އެންމެ ފުރަތަމަ ހައްޔަރުކުރީ ރައީސް މައުމޫން އާއި ޔުމްނާގެ ފިރިކަލުން ނަދީމްއެވެ.

ފުލުހުން ރައީސް މައުމޫނުގެ މައްޗަށް ވަނީ ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް ތަޙްޤީޤްގައި ރައީސް މައުމޫން އާއި ސުވާލުކުރިކަން އަދި މިހައިތަނަށް އެނގިފައެއް ނުވެއެވެ. އަދި ނަދީމް އާއިވެސް ސުވާލުކުރިކަން އެނގިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް