އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރު ވައްޓާލަން އުޅުންކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން ވެސް ފުލުހަކު ހައްޔަރުކޮށްފި

ސަރުކާރު ވައްޓާލަން އުޅުންކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން ވެސް ފުލުހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށްފި ކަމަށް ކުޅުދުއްފުށި އޮންލައިން އިން ބުނެފިއެވެ.

އެ ނޫހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ އެސްއޯ ފުލުހެއް ކަމަށްވާ އަހުމަދު އާސިމް ހުސެއިން ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ، ދިހަ ވަރަކަށް ފުލުހުންގެ ގުރޫޕަކު އައިސްކަމަށެވެ.

އާސިމް އަކީ ކުޅުދުއްފުށީ މީހަކަ އިނދެގެން ކުޅުދުއްފުށީގައި ދިރިއުޅެމުން އަންނަ އެހެން ރަށެއްގެ މީހެކެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިފަހުން ފުލުހުންނާއި ސިފައިންގެ ތެރެއިން އެތަންތަނުގައި ވަޒީފާ އަދާކުރާމީހުން ދަނީ ހައްޔަރުކުރަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުރީގެ އެސްއޯ ކޮމާންޑަރު ސައިފް ވެސް ހައްޔަރުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު