އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެސްޓްހާމް ބަލިކޮށް ލިވަޕޫލް ދެވަނައަށް

ވެސްޓްހާމް ބަލިކޮށް ލިވަޕޫލް ދެވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު


އިނގިރޭސި ޕްރެމިއާ ލީގުގައި ފަސޭހަކަމާއެކު 1-4 ގެ ނަތީޖާއިން ވެސްޓްހާމްގެ މައްޗަށް ކުރިހޯދައި ލީގު ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަަހައި ލިވަޕޫލަށް މެޗުގެ ލީޑު ނަގައިދިނީ މެޗުގެ 29 ވަނަ މިނެޓުގައި އެމްރޭ ކޭންއެވެ. މެޗުގެ 51 ވަނަ މިނެޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކުރިއެވެ. ލިވަޕޫލަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ މެޗުގެ 57 ވަނަ މިނެޓުގައި ރޮބާޓޯ ފަމީނިއޯއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ވެސްޓްހާމްގެ މިޗައިލް އެންޓޯނިއޯގެ ލަނޑެއް ޖެހިއިރު، މެޗުގެ 77 ވަނަ މިނެޓުގައި ލިވަޕޫލްގެ ސާޑިއޯ މާނޭ ލަނޑެއް ޖަަހައި އަލުން މެޗުގެ ލީޑު ފުޅާކުރިއެވެ.

ރޭގެ މެޗުން މޮޅުވެގެން، ލީގު ތާވަލުގެ ދެވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 28 މެޗުން 57 ޕޮއިންޓް ލިބިގެންނެވެ. ލީގު ތާވަލުގެ ތިންވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ ކުޅުނު 27 މެޗުން 56 ޕޮއިންޓް ލިބިގެންނެވެ. ހަތަރުވަނައިގައި ޗެލްސީ އޮތީ ކުޅުނު 27 މެޗުން 53 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 27 މެޗުން 72 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ.
އިނގިރޭސި ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ޗެލްސީ ބަލިކޮށްގެން ޔުނައިޓެޑަށް އަލުން ލީގުގެ ދެވަނައަށް ޖެހިލުމުގެ ފުރުސަތު އެބަ އޮތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް