އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓޮޕް އެޗީވާސް އެވޯޑްގައި މިއަހަރުން ފެށިގެން ހަމަ އެކަނި ގަދަ ތިނެކަށް އެވޯޑް ދޭން ނިންމައިފި

ޓޮޕް އެޗީވާސް އެވޯޑްގައި މިއަހަރުން ފެށިގެން ހަމަ އެކަނި ގަދަ ތިނެކަށް އެވޯޑް ދޭން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

މިއަހަރުން ފެށިގެން އޯ ލެވެލް ޓޯޕް އެޗީވާސް އެވޯޑް ދިނުމުގެ ޚަފްލާގައި، އެވޯޑް ދޭނީ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ރަސްމީ ޚަފްލާގައި ހަމައެކަނި ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑް ދިނުމަކީ މީގެ ކުރިން ވެސް މަޝްވަރާ ކޮށްފައިވާ ކަމެއް ކަމަށެވެ.

މިހިނގާ ފެބްރުއަރީ މަހު އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލްތަކަސް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ޓޮޕް އެޗީވާސް އެވޯޑް ޚަފްލާގައި އިނާމު ދޭނީ ހަމައެކަނި ގަދަ ތިނެކަށް ހޮވޭ ދަރިވަރުންނަށް ކަމަށެވެ. ނަމަވެސް އެގޮތަށް ބަދަލުކުރި ސަބަބެއް އެސިޓީގައި މިނިސްޓްރީން ފާހަގަ ކޮށްފައެއް ނުވެއެވެ.

ސްޓޭޖް މަތިން ހަމައެކަނި ގަދަ ތިނެކަށް އެވޯޑް ދިން ކަމުގައި ވިޔަސް، އިނާމު ދިނުމުގެ ޚަފްލާއަށް ގަދަ 10 އަށް ވެސް ދައުވަތު އެރުވޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެދަރިވަރުންނަށް ކޮންމެވެސް އެހެން ގޮތަކުން ވިޔަސް އިނާމު ލިބޭނެކަމެއް ނުވަތަ ނޫންކަމެއް އެނގިފައެއް ނުވެއެވެ.

މިނިންމުމަކީ 2015 ވަނަ އަހަރުވެސް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމެކެވެ. އެހެންނަމަވެސް ދަރިވަރުންގެ ޝަކުވާތަކާއި ހިތްހަމަ ނުޖެހުންތަކާއިއެކު އެންމެ ފަހު ވަގުތު މިނިސްޓްރީން ވަނީ އެނިންމުން ބަދަލު ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ