އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝްރީދޭވީ ގެ ހަށިގަނޑު މިރޭ އިންޑިއާ އަށް ގެންދަނީ، ޖާންވީ ހުރީ ޝޮކެއްގައި

ޝްރީދޭވީ ގެ ހަށިގަނޑު މިރޭ އިންޑިއާ އަށް ގެންދަނީ، ޖާންވީ ހުރީ ޝޮކެއްގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ބޮލީވުޑް ގެ ކުޅަދާނަ ބަޠަލާ ޝްރީދޭވީ ރޭގެ ވަގުތެއްގައި ހިތް ހުއްޓިގެން ދުބާއީ ގައި މަރުވެއްޖެ ޚަބަރު ލިބުމުން، އޭނާގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ހުރީ ބޮޑު ޝޮކެއްގައެވެ.



އާއިލީ ޚަފްލާއަކަށް ދުބާއީ އަށް ދިޔައީ ޝްރީދޭވީ އާއި އޭނާގެ ފިރިމީހާ ބޯނީ ކަޕޫރް އާއި ހަގު ދަރިފުޅު ޚުޝީ ކަޕޫރް އެވެ. ޖާންވީ އެއިރު ހުރީ މުމްބާއި ގައި އޭނާގެ ފުރަތަމަ ފިލްމުގެ ޝޫޓިންގ ނަގަމުން ދާތީ، މަސައްކަތުގައި ބިޒީ ވެފައެވެ.



ނަމަވެސް މަންމަގެ މަރުގެ ޚަބަރު ލިބުމާއިއެކު ޖާންވީ އަށް ލިބުނު ބޮޑު ޝޮކެއްގެ ސަބަބުން، އެއްވެސް ވާހަކައެއް ނުދެއްކި ހަރަކާތެއް ވެސް ނުކުރެވި ހުއްޓެވެ. އެހެންކަމުން އޭނާގެ ފިލްމުގެ ޑައިރެކްޓަރ ކަރަން ޖޯހަރް، އޭނާ ގެންގޮސް އަނިލް ކަޕޫރްގެ ގެއަށް ލިއެވެ.

އިންޑިއާގެ ރިޕޯޓްތަކުން ބުނާ ގޮތުގައި، ޝްރީދޭވީ ގެ ހަށިގަނޑު މިރޭ އިންޑިއާ ގަޑިން 11 ޖަހާއިރު މުމްބާއި އަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ