މީރާގެ ޓީމުތައް 10 އަތޮޅެއްގެ ހުރިހާ ރަށަކަށްދަތުރުކުރަނީ
މީރާގެ ޓީމުތައް 10 އަތޮޅެއްގެ ހުރިހާ ރަށަކަށްދަތުރުކުރަނީ
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު
ކުދި ވިޔަފާރިތަކުގެ 2017 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް، މި އަހަރުގެ މާރިޗު މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް މީރާގެ ޓީމުތައް ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، އަދި ތ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ހާމަކުރައްވައިފިއެވެ.
މީރާއިން ނެރުނު އިއުލާނުގައިވާގޮތުން މި ދަތުރުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށެވެ. މީގެ އިތުރުން އެ ރަށްތަކުގައި މީރާއިން ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ޓެކުހާގުޅޭ މަޢުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
މީރާގެ ޓީމުތައް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގައި ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައި ނަން ނޯޓުކުރެއްވުމަށް މީރާއިން އެދިވަޑައިގަންނަވައެވެ.
މީރާގެ ޓީމުތައްވަނީ މިދިޔަ އަހަރުވެސް ރާއްޖޭގެ 10 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޓެކްސްދައްކާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފަވެއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މޫސާ ވަހީދު
27 ފެބްރުއަރީ 2018