އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖީދިއްޔާ ސްކޫލްގައި ތަފާތު ކުރުންތައް ވަރަށް ބޮޑު- ބެލެނިވެރިއެއް

މަޖީދިއްޔާ ސްކޫލްގައި ތަފާތު ކުރުންތައް ވަރަށް ބޮޑު- ބެލެނިވެރިއެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ސްކޫލްތަކުގައި އެއްކުއްޖަކު އަނެއް ކުއްޖަކާ ތަފާތު ކުރަމުން ގެންދާ ކަމުގެ ޝަކުވާތަކަކީ ވަރަށް ގިނަ ބެލެނިވެރިން އެސްކޫލަކާއިމެދު ޖައްސާ މައްސަލަތަކެކެވެ. އެކިއެކި ސްކޫލްތަކުގައި "ވަކި ކުއްޖަކާއިމެދު ވަކި ގޮތެއް" ގެންގުޅޭކަމުގެ އުސޫލަކީ ކޮންމެ ސްކޫލަކާއި ބެހޭ ގޮތުން ވެސް ފެންމަތިވާ މައްސަލައެކެވެ.

އެފަދަ އަޑުތަކެއް، މާލޭގެ އެންމެ ޒަމާންވީ އެއް ސްކޫލް ކަމުގައިވާ މަޖީދިއްޔާ ސްކޫލާއި ބެހޭ ގޮތުން ވެސް މިވަނީ އިވިފައެވެ.

ނަންހާމަ ކުރުމަށް ބޭނުން ނުވާ އެސްކޫލްގެ ބެލެނިވެރިއަކު "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނެފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ކެޑޭޓުގައި އަލަށް ބައިވެރިވާ ބައެއް ކުދިންނަށް، ޕްރެކްޓިސްތަކަށް ނާންގާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަަމަށެވެ.

"މިހާރު ގާތްގަނޑަކަށް ތިން އަހަރު ވެއްޖެ އަޅުގަނޑުގެ ދަރިފުޅަށް ނާނގާތާ ޕްރެކްޓިސް އަށް ދާން. އެއީ 2016 ވަނަ އަހަރު އަޅުގަނޑުގެ ދަރިފުޅު ކެޑޭޓަށް ވެއްދީ، އެކަމަކު ޕްރެކްޓިސް އަކަށް ނާނގާ. ދެން 2017 ވަނަ އަހަރު އެންމެ ދެ ދުވަހު އެންގީ، މިއަހަރަކު އަދިއެއް ނާންގާ. އެހެންވީމަ ގާތްގަނޑަކަށް ތިން އަހަރުވީ ނޫންތޯ؟" ބެލެނިވެރިޔާ ބުނެފައިވެއެވެ.

މީގެ އިތުރުން، ކުދިންނާއި މެދު ތަފާތު ކުރުން ވެސް ގެންގުޅޭކަމަށް އެބެލެނިވެރިޔާ ވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނީ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާން ހުރިހާ ކުދިންނަށްފުރުސަތު ނުދޭ ކަމަށެވެ. އަދި ބެލެނިވެރިން އިސްނަގައިގެން ބާއްވާ ބައެއް ހަރަކާތްތަކުން ލިބޭ ފައިސާއަށް ވާގޮތެއް ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"މިއީ ހަމައެކަނި އަޅުގަނޑުގެ އެކަނި ޝަކުވާއެއް ނޫން. ވަރަށް ގިނަ ބެލެނިވެރިން މިވާހަކަ ދައްކާ. ސްކޫލުގައި ތަފާތު ކުރުން ވަރަށް ބޮޑު، އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާން ހުރިހާ ކުދިންނަށް ފުރުސަތެއް ނުދޭ. ބެލެނިވެރިން އިސްނަގައިގެން ބާއްވާ ޖަމްބަލް ސޭލް ފަދަ ހަރަކާތްތަކުން ލިބޭ ފައިސާއަށް ވެސް ވާނުވާއެއް ނޭނގޭ. ހަރަކާތްތަކަށް ނަގަނީ އެބޭފުޅުން ބޭނުންވާ ކުދިން، ހަމަ އެެހެން ކުދިން ވެސް ބޭނުންވާނެ ދެއްތޯ ބައިވެރިވާން؟ މިއަހަރު ޑްރާމާގައި ވެސް ބައެއް ކުދިންނަށް ހަމަ ފުރުސަތު ދިނީ" އޭނާގެ ޝަކުވާތަށް ކިޔާދެމުން ބުންޏެވެ.

މިފަދަ ކަންކަންވަމުން ދިޔުމުން އެކަމާއި ބެހޭ ގޮތުން ސްކޫލްގެ ޓީޗަރުންނާއި އަދި އެނޫންވެސް ފަރާތްތަކާއި ވާހަކަ ދެއްކިންތޯ ސުވާލު ކުރުމުން އޭނާ ބުނީ، ކެޑޭޓް ޕްރެކްޓިސް އަށް ވެސް ނާނގައިގެން އެވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް ސްކޫލުން ބުނަނީ އަންގާނެ ކަމަށާއި ސްލިޕް ކޮޅު ދޭނެ ކަމަށެވެ. ނަމަވެސް އަދިވެސް ނާނގާކަން އޭނާ ފާހަގަ ކުރިއެވެ. އެހެނިހެން ކަންކަމާއި ބެހޭ ގޮތުން ސްކޫލްގައި ވާހަކަ ދެއްކުމުން އެކަމުގެ އަސަރު ކުދިންނަށް ފޯރާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"ޝަކުވާ ކުރީމަ، ނުވަތަ ޕްރިންސިޕަލް އާއި ބައްދަލު ކުރީމަ، ކުދިންނަށް އޭގެ އަސަރު ކުރޭ. ކުދިންނާމެދު ތަފާތު ކުރޭ. މިދިޔަ އަހަރުވެސް ފުޓްބޯޅަ މެޗުވެސް އޮތީ ޓެސްޓުތަކާއި ދިމާކޮށް. ކްލާސް ތެރޭގަ ދިމާވާ ކަންތައްތަކާއި ބެހޭގޮތުން ވެސް ކުއްޖާ ޓީޗަރު ކައިރީގައި ޝަކުވާ ކުރީމަ ބުނަނީ އަޅާނުލާށޭ. މިސާލަކަށް މަޑު މަޑުން އިންނަ ކުއްޖާގެ ފޮތްތައް އެހެން ކުދިން ނެގީމަ، ގޮސް އެވާހަކަ ބުނުމުން ވެސް އެބަ ބުނޭ އަޅާނުލާށޭ" ބެލެނިވެރިޔާ ކިޔާދިނެވެ.

މިކަންކަމާއި ބެހޭ ގޮތުން ކަމުގެ ދެކޮޅު ހޯދާލުމަށާއި މަޖީދިއްޔާ ސްކޫލްގެ ބަހެއް ހޯދާލުމަށް ގުޅާލުމުން އެސްކޫލުން ބުނީ، އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށާއި މައުލޫމާތެއް ހޯދަން ބޭނުންވާނަމަ، ލިޔުމަކުން އެދި އެސްކޫލަށް އެކަން ހުށަހެޅުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







Raaje 2018-02-28 01:17:02

Thi vaki kon thaneh thi school aai ehen school thaakaa kihaathafaatheh kurey thw


މަރިޔަމް ވަހީދާ