އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވިތާ 3 ދުވަސް ފަހުން ވެސް ސްރީ ދޭވީގެ މޫނު "ސްލީޕިންގ ބިޔުޓީ" ހާ ރީތި- ސަންދޯކު އެޅި މީހެއް

މަރުވިތާ 3 ދުވަސް ފަހުން ވެސް ސްރީ ދޭވީގެ މޫނު "ސްލީޕިންގ ބިޔުޓީ" ހާ ރީތި- ސަންދޯކު އެޅި މީހެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު


މީގެ 3 ދުވަސްކުރިން ދުބާއީގައި މަރުވި ބޮލީވުޑްގެ މަޝްހޫރު ތަރި ސްރީ ދޭވީގެ ހަށިގަނޑު މިހާރު ވަނީ ޚާއްޞަ ޖެޓެއްގައި ދުބާއީ އިންޑިއާއަށް ގެނެސްފައެވެ. ޖެޓް ފުރަން ބޭނުންކުރީ ދުބާއީ އެއާޕޯޓުގައި ވީއައިޕީންނަށް ޚާއްޞަކޮށްފައިވާ ޓަރމިނަލެކެވެ.

އިންޑިއާއަށް ގެނައުމަށްޓަކައި ސަންދޯކު އެޅި މީހަކު ބުނީ މަރުވިތާ 3 ދުވަސްވެފައިވާއިރުވެސް ސްރީ ދޭވީގެ މޫނު "ސްލީޕިންގ ބިޔުޓީ"ހައި ރީތި ކަމަށާއި ހީވަނީ ހަމަ އަރާމު ނިންޖަކުން ނިދާލާފައި އޮތްހެން ކަމަށެވެ. އަދި އެއްވެސް އަނިޔާއެއް ވެފައިވާކަމުގެ އެއްވެސް ނިޝާނެއް މޫނުން ނުފެންނަ ކަމަށެވެ.

ސްރީ ދޭވީގެ ހަށިގަނޑާއިއެކު އޭނާގެ ފިރިމިހާ ބޯނީ ކަޕޫރާއި ދޮންދަރި އަރުޖުން ކަޕޫރުވެސް ވަނީ އިންޑިއާއަށް އައިސްފައެވެ.

ސްރީ ދޭވީގެ މަރާއި ގުޅިގެން ބޮނީ ކަޕޫރާއި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ސްރީދޭވީ މަރާލިކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް