އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާސީ މައްސަލަތަކުގަ ވަކާލާތުކޮށްދޭން ޤާނޫނީ ވަކީލުން ބިރުގަންނަން ފަށައިފި: އަމިތް

ސިޔާސީ މައްސަލަތަކުގަ ވަކާލާތުކޮށްދޭން ޤާނޫނީ ވަކީލުން ބިރުގަންނަން ފަށައިފި: އަމިތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު


ސިޔާސީ މައްސަލަތަކުގައި ވަކާލާތުކޮށްދޭނެ ޤާނޫނީ ވަކީލުން ބިރުގަންނަން ފަށައިފި ކަމަށާއި މިހާރުވެސް އުޅުއްވަނީ އޭނާގެ ފަރާތުން ވަކާލާތު ކޮށްދެއްވާނެ ޤާނޫނީ ވަކީލަކު ލިބިވަޑައިނުގަންނަވައިގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ވިދާޅުވެއްޖެއެވެ.

އަމިތު މިއަދު ވިދާޅުވީ ސިޔާސީ މީހުންނަށް ވަކާލާތުކޮށްދޭ ވަކީލުންނަށް ފުލުހުންގެ މުއައްސަސާއިން ގެންދަނީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިކުރުވަމުން ކަމަށެވެ. އެގޮތުން ތަފާތު މައްސަލަތައް ކުރިމަތިކުރުވުމުގެ އިތުރުން ފޯނު އަތުލުން ފަދަ ކަންކަން ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

އަމިތު ވިދާޅުވީ މިފަދަ ކަންކަން ފުލުހުން ކުރާތީ ވަކީލުންގެ ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން ވަކީލުން މައްސަލަތައް ބަލައިގަތުމަށް އުޒުރުވެރިވަމުން ގެންދަނީ ކަމަށެވެ.
މިހާރުވެސް ފުލުހުން ވަނީ ދެ ވަކީލުންގެ ފޯނު، ކޯޓު އަމުރެއްނެތި ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅުވައި ހިފަހައްޓާފައެވެ. ވަކީލުންގެ ފޯނު ހިފެހެއްޓުމަކީ އެމީހުން ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމަކަށްވާތީ ވަކީލުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް