އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްމުދަލު ޒަކާތް ދެއްކުން އިފްތިތާހުކޮށްފި

މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްމުދަލު ޒަކާތް ދެއްކުން އިފްތިތާހުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުދަލު ޒަކާތް ދެއްކުން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ބާޤިރުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޙްމަދު ޒިޔާދު ވަނީ މުދަލު ޒަކާތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މީރާއިން މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ފަހިކުރީ، މީރާއަކީ ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އެހެނިހެން ފީތައް ބަލައިގަތުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މުއައްސަސާ ކަމަށްވެފައި، ޒަކާތުގެ ފައިސާވެސް ރައްކާތެރި ކަމާއެކު އެއް ތަނަކުން ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވާހަކަދައްކަވަމުން ވިދާޅުވީ، މީރާގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުދަލު ޒަކާތް ދެއްކޭނެގޮތް ހަމަޖެހިގެން ދިޔުމުގެ ސަބަބުން، މުދަލު ޒަކާތް ދައްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ އިލްތިޒާމުތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ލުއި ފަސޭހަ ކަމާއެކީ އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމުގައެވެ. އަދި މި އަހަރުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މުދަލު ޒަކާތާމެދު ޢާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މުދަލު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަންފީޒުކުރުމުގެ ގޮތުން މީރާއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާ ދެމެދު 27 މާރިޗު 2016ގައި ސޮއިކުރެވުނު މެމޮރަންޑެމް އޮފް އަންޑަސްޓޭންޑިންގ ގެ ދަށުން 01 ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން ދަނީ މީރާއިންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު