އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނަށް ގެންނަ އިޞްލާޙަކުން ޖޭއެސްސީ އާ މަޖިލީހަށް ޤާނޫނު އަސާސީ އިން ދީފައިވާ ބާރު ކަނޑުވާލާނީ ކިހިނެއް؟

ޤާނޫނަށް ގެންނަ އިޞްލާޙަކުން ޖޭއެސްސީ އާ މަޖިލީހަށް ޤާނޫނު އަސާސީ އިން ދީފައިވާ ބާރު ކަނޑުވާލާނީ ކިހިނެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ފަނޑިޔާރުންގެ ޤާނޫނަށް މިއަދު މަޖިލީހަށް ހުށަހެޅި އިޞްލާޙް ފާސްކުރި ނަމަވެސް ޤާނޫނަށް މިހާރު ގެންނަ އިޞްލާޙަކުން ޖޭއެސްސީ އާއި މަޖިލީހަށް ޤާނޫނު އަސާސީ އިން ދީފައިވާ ބާރު ކަނޑުވާލާނީ ކިހިނެއް ކަމާއިމެދު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ސުވާލު ފައްދަވައިފިއެވެ.

މި ސުވާލު އުފައްދަވައި ޤާސިމް އިބްރާހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ޤާނޫނަށް މިހާރު ގެންނަ އިޞްލާހަކުން މިހާރު ޤާނޫނު އަސާސީ އާ ޚިލާފަށް ރަހީނުކޮށްފައިވާ ފަނޑިޔާރުންނަށް އަދަބެއް ކަނޑައެއް ނުއެލޭނެ ކަމަށެވެ.

"ފަނޑިޔާރުންގެ ޤާނޫނަށް މިހާރު ގެންނަ އިޞްލާހަކުން މިހާރު ޤާނޫނު އަސާސީ އާ ޚިލާފަށް ރަހީނުކޮށްފައިވާ ފަނޑިޔާރުންނަށް އަދަބެއް ކަނޑައެއް ނޭޅޭނެ. އަދި ޤާނޫނަށް ގެންނަ އިޞްލާޙަކުން ޖޭއެސްސީ އާ މަޖިލީހަށް ޤާނޫނު އަސާސީ އިން ދީފައިވާ ބާރު ކަނޑުވާލާނީ ކިހިނެއް؟ ރައީސް ޔާމީނާ މަސީހް އެހުރީ ރަނގަޅަށް މޮޔަވެފަ ކަމަށް ފެނޭ."




ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް