އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ނުހޭލައި ނިދާމީހާގެ ބޯ ޤިޔާމަތް ދުވަހަށް އޮންނާނީ ބޮޑު ހިލައަކުން ޗިސްކުރެވިކުރެވިއެވެ.

ނަމާދަށް ނުހޭލައި ނިދާމީހާގެ ބޯ ޤިޔާމަތް ދުވަހަށް އޮންނާނީ ބޮޑު ހިލައަކުން ޗިސްކުރެވިކުރެވިއެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ހުވަފެންފުޅެއްގައި ބަރްޒަޚަމްގެ ޢާލަމުގައި ހިނގާ ބައެއް ކަންތައްތައް މާތްﷲ ދެއްކެވިއެވެ.

އެއިގެ ތެރެއިން އެއްކަމަކީ ބިންމަތީގައި އޮތް މީހެކެވެ. އެތަނުގައި ހުންނަ މީހަކު އޭނާގެ ބޮލުގައި ބޮޑުގަލަކުން ޖަހައެވެ. އެހިނދު ބޯޗިސްޗިސްވެގެންދެއެވެ. އެއާއިއެކު ހިލަގަނޑު ފުރޮޅިގެންދެއެވެ.

ހިލަގަނޑު ފުރޮޅިގެން ދިއުމުން ނަގައިގެން އެމީހާ އޭނާގެ ކައިރިއަށް އަލުންދާއިރު ބޯ އޮންނަނީ ހަމަ ކުރިން އޮތް ގޮތަށް ރަނގަޅަށެވެ. އަނެއްކާވެސް ހިލައިން ޖަހައި ބޯ ޗިސްކޮށްލައެވެ. އެކަން ދިއައީ ތަކުރާރުވަމުންނެވެ.

އެގޮތުގައި އެކަން ޤިޔާމަތް ދުވަހާއި ހަމައަށްތަކުރާރުވަމުން ދާނެއެވެ. ކީއްވެގެންހެއްޔެވެ؟ ނަމާދު އަޅައި ދުނިޔޭގައި ނިދީތީއެވެ. ކައްވަޅުގައި އެކަމުގެ އަޒާބެއްގެ ގޮތުންނެވެ. އެކަމުން ސަލާމަތްވުމަށް އޭނާއަށް ބޯ އުފުލައި ނުދެވެނީ އޭނާ ދުނިޔޭގައި ބަރު ނިދިން ނިދީތީއެވެ. އެކަމުގެ ސަބަބުން އޭނާގެ ބޯ އެވަނީ ހިއްލައިވެސް ނުލެވޭ ވަރަށް ބަރުވެފައެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ފަތިސް ނަމާދަށް ނުހޭލައި ތިއަ ނިދަނީއެވެ. ދެނަމާދުދޭތެރޭގައިވެސް ނިދަނީއެވެ. ނިދާފައި އޮވެ ނަމާދު އަޅަނީއެވެ. ޢާންމު ކަމެއްގެ ގޮތުގައި އެކަން ކުރަނީއެވެ. ޤިޔާމަތް ދުވަހުގެ އަޒާބު ފަހަށް ބާއްވާށެވެ. މިހިރަފެންނަނީ ކައްވަޅުގައިވެސް އެފަދަ މީހުންނަށް ކުރިމަތިލާންޖެހޭނެ ގަދަފަދަ އަޒާބެވެ. ބިރުވެތިވެ އަވަހަށް ތައުބާވާށެވެ. ނަމާދަށް ފަރުވާތެރިވާށެވެ.

ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން‍

Advertisement

ކޮމެންޓް ކުރެއްވުމަށް







Mood 2018-03-09 07:44:20

Ginameehun fatis naadhu alaa

Yum 2018-03-09 10:33:38

Subhanallah


އަބްދުއްލަތީފް