އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން ކަސްޓަމަރ ރިލޭޝަންސް ޕްރޮގްރާމެއް ފަށައިފި

ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން ކަސްޓަމަރ ރިލޭޝަންސް ޕްރޮގްރާމެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިދާރީ މަސައްކަތްކުރާ އޮފިސަރުންނަށާއި މަދަނީ މުވައްޒަފުންނަށް ކަސްޓަމަރ ރިލޭޝަންސްއާއި ބެހޭ މައުލޫމާތު ޕްރޮގްރާމެއް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

މި ސެޝަންގައި މައުލޫތު ދެއްވާފައިވަނީ މި ސަރވިސްގެ ސީނިއަރ ސިވިލް އޮފިސަރ އަލްފާޟިލާ އާމިނަތު ޔުސްރީން އަޙްމަދުއެވެ.

މި ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ މި ޕްރޮގްރާމަކީ ޕްރިޒަން އޮފިސަރުން ދޭ ޚިދުމަތް ޒަމާނާ އެއްގޮތަށް ކުރިއަރުވައި އާއްމު ފަރުދުން ބޭނުންވާފަދަ ޕްރޮފެޝަނަލް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރު އިތުރަށް ތަރައްގީ ކުރުމެވެ.

މި ސެޝަންގެ ބައިވެރިންނާއި މުހާތަބުކުރައްވާ އައިކޯސްޓްގެ އެގްޒަކަޓިވް ޑައިރެކްޓަރ، ސީނިއަރ ޕްރިޒަން އޮފިސަރ އަޙްމަދު ޝާހިދު ވިދާޅުވީ ކަސްޓަމަރ ރިލޭޝަންސްއާއި ބެހޭގޮތުން ހިންގި މި ޕްރޮގްރާމްގައި ހިއްސާ ކުރެވުނު މައުލޫމާތުތައް ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ކަމަށް އުންމީދުކުރައްވާކަމަށާއި އެކަންތައްތައް މޮނީޓަރ ކުރައްވާނެ ކަމަށެވެ.

މި ސެޝަންގައި އޮފީހުގެ ފްރަންޓް އޮފީހަށް ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށާއި އޮފީހުން ފޯނުގެ ޒަރީއާއިން ހިދުމަތް ހޯދާ ފަރާތްތަކަށް ޖަވާބުދޭނެ ރަނގަޅު އަދި ނުރަނގަޅު އާދަތަކާއިބެހޭ މައުލޫމާތުވެސް ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ. އަދި ބައިވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން މި ސެޝަންގައި ވަނީ ބައިވެރިން ހިމެނޭ ސިނާރިއޯތަކެއްވެސް ކުޅެފައެވެ.

މީގެ އިތުރު ސެޝަންތައް މި ސަރވިސްގެ ހުރިހާ އޮފިސަރުންނާއި މަދަނީ މުވައްޒަފުންނަށްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު