އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިލޯ ޕެކެޓެއްގަ 2 ސައިސަމުސާ ސުކުރޯޒަށްވުރެ މަދު - އެހެން ބުއިންތަކުގަ ހުރީ ކިހާވަރެއް؟

މައިލޯ ޕެކެޓެއްގަ 2 ސައިސަމުސާ ސުކުރޯޒަށްވުރެ މަދު - އެހެން ބުއިންތަކުގަ ހުރީ ކިހާވަރެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

ރާއްޖޭގެ ބާޒާރުގައި ކުޑަކުދިންގެ ބުއިންތަކަށް ޚާއްޞަ އެތައް ބާވަތެއްގެ ބުއިންތައް ވިއްކަން އެބަހުއްޓެވެ. އެ ބުއިންތަކުގައި ސުކްރޯޒް (އެޑެޑް ސުގާ/ ދޯބުރާލިހަކުރު) ހުރިވަރު ބެލިފައިވަނީ ކިހައިވަރަކަށްވައެވެ.

މައިލޯ އިން ވަނީ މައިލޯ ޕެކެޓުގައި ސުކްރޯޒް އެކުލެވޭ މިންވަރު އެނގޭނެ ބައިނަލްއަޤްވާމީ ޓެސްޓްތައް ހަދައި އެމްއެފްޑީއޭއަށް އަމިއްލައަށް ހުށަހަޅާފައެވެ. މައިލޯ ޕެކެޓެއްގައި ސުކްރޯޒް ހުންނަނީ ދެ ސައިސަމުސަލަށްވުރެ މަދުންކަން އެ ޓެސްޓްތަކުން ސާބިތުވެއެވެ. އެކަން އެމްއެފްޑީއޭ އިންވެސް ޤަބޫލުކުރެއެވެ.

އެމްއެފްޑީއޭ އިން ބުނީ ޕެކެޓުތަކުގައި ހުންނަ ކޮންޓެންޓް އެ އިދާރާއަށް ހުށަހަޅަން ޤާނޫނީ ގޮތުން ލާޒިމު ނުކުރާ ކަމަށެވެ. ނަމަވެސް އެ އިދާރާއިން ބައެއް އުފެއްދުންތައް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު އަދި ވަނީ ސިއްރުކޮށްފައި ކަމަށެވެ.

މައިލޯއިން މައިލޯގެ ހަޤީޤަތް ސިއްރުކުރަން ބޭނުމެއް ނުވެއެވެ. އެހެންކަމުން މައިލޯ އިން ވަނީ އަމިއްލައަށް ޓެސްޓްކޮށް ހުށަހަޅައިފައެވެ. މައިލޯ އިން ބޭނުންވަނީ މައިލޯގެ ހަޤީޤަތް ހާމަކުރުމަށެވެ. ކަސްޓަމަރުންގެ އިތުބާރު އިތުރުކުރެވޭނީ ކަންކަން ނުފޮރުވައި ހަޤީޤަތް ހާމަކޮށްގެން ކަމަށްވާތީއެވެ.

މައިލޯއިން ޓެސްޓްކޮށް އަމިއްލައަށްވެސް ހުށަހަޅާފައިވާ ކަމާއި ޕެޓެއްގައި ސުކްރޯޒް ހުރީ ދެ ސަމުސަލަށްވުރެ މަދުން ކަމަށް އެމްއެފްޑީއޭ އިން މިއަދު ވަނީ ބުނެފައެވެ. "މައިލޯ ޕެކެޓެއްގަ ސުކްރޯޒް ލެވެލް 2 ސަމުސާއަށްވުރެ މަދު. އެހެން ނަމަވެސް ދެން ހުންނަ ބައިތައް އެއްކުރީމަ ހަކުރު 4 ސަމުސާވަރުވޭ." އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

ކިރުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ ބުއިންތަކުން "އެހެންބައިތައް" މަދުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މަދުކުރެވޭނީ އެއަށް އަޅާ ހަކުރެވެ. ހަކުރު އަޅާ މިންވަރަށް ބަލާއިރު ހަކުރުގެ ނިޞްބަތް މައިލޯއަށްވުރެ މަދު އެހެން ބުއިމެއް ބާޒާރުގައި ހުރިކަން އަދި މިހައިތަނަށް ސާބިތުކުރެވިފައެއް ނެތެވެ.

ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ކިރަކީ ކުދިންގެ ހެދި ބޮޑުވުމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ކިރުން ހަކުރު ނައްތައިލުމަކީވެސް ކުދިންނަށް ގެއްލުންހުރި ކަމެކެވެ. އެހެންކަމުން ކިރާއި ހަށިގަނޑަށް ފައިދާހުރި ބައިތައް ބުއިމުގައި ހިމަނަން ޖެހެއެވެ. އެބައިތަކުން ލިބޭ ހަކުރަކީ އެއަށް އަޅާ ހަކުރާއި މުޅިން ތަފާތު ބައިތަކެކެވެ.

ކަންމިހެން އޮތް ނަމަވެސް މައިލޯއަކީ މާ ހަކުރު ގިނަ ބުއިމެއް ކަމަށް ދައްކަން ބައެއް ފަރާތްތަކުން ކަންކަން ހާމަކުރެއެވެ. އެފަދަ މީހުންނަށް ފިހާރަތަކުން ފެންނަނީވެސް ހަޤީޤަތް އެގޭ މައިލޯ އެކަންޏެވެ. ހަޤީޤަތް ނުއެނގޭ ބުއިންތަކުން ފިހާރަތަކުގެ ހަރުގަނޑުތައް ފުރިފާ ހުންނައިރު އެއިން އެއްވެސް ބުއިމެއް ނުވެސް ފެނެއެވެ.

ކުޑަކުދިންނަށް ހަކުރު ބޭނުންވާ ވަރަށްވުރެ ގިނައިން ދިނުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެންކަމަށްވާއިރު ދުވާލު ދެއިރު ދޭ އައިސްކްރީމް، މިލްކް ޝޭކް އައިސްކޯން ޖޫގޯ ފަދަ ހަކުރު ގިނަ ބާވަތްތަކުގެ ވާހަކަ ދައްކާ އަޑެއްވެސް ނުއިވެއެވެ.

"ގޭގައި ކުދިންނަށް ދޭ ބުއިންތަކަށް ދުވާލަކު ކިތައް ސަމުސާ ހަކުރު އަޅަންހެއްޔެވެ؟ އައިސް ކްރީމާއި ޗޮކްލެޓާއި އެޕޯލޯ އާއި ކްރީމް ބިސްކޯދާއި ކިރިމިޖެހި ބަނަހުން ކާންދެވެނީ، ކެވެނީ ކިތައް ސަމުސާ ހަކުރުހެއްޔެވެ؟ އެކަމަކު މިކަންކަމުގެ ވާހަކަ ދައްކަނީ ކޮން ޑޮކްޓަރެއް ހެއްޔެވެ؟ އެމްއެފްޑީއޭ އިން މިވާހަކަ ދައްކަނީ ކިހައިވަރަކަށް ހެއްޔެވެ؟ ހޭލުންތެރިކުރުވަނީ ކިހައިވަރަކަށް ހެއްޔެވެ؟ އަހަރަކު 2 ފަހަރަކު ޓީވީޕްރޮގްރާމަކަށް އަރައި މޮޅު ވާހަކައެއް ދައްކައިލުމުން ހޭލުންތެރި ކުރުވޭ ހެއްޔެވެ؟"

ދުނީޔެއަށް އެންމެ މަޝްހޫރު ބާރސެލޯނާ ކްލަބުން "އޮފިޝަލް ޓޮނިކް ފުޑް ޑްރިންކް" އަކަށް މައިލޯ ޚިޔާރު ކުރީ ވަރަށް ބޮޑަށް ބެލުމަށްފަހުގައެވެ. ދުނިޔޭގެ ފެންވަރުގައި ބޮޑެތި ދިރާސާތައް ކުރުމަށްފަހުގައެވެ. ކުދިންނަށް އެންމެ ފައިދާހުރި ބުއިންކަން ކަށަވަރުކުރުމަށްފަހުގައެވެ. ދުނިޔޭގައި އުފައްދާ މަޝްހޫރު ގިނަ ބްރޭންޑްތަކަކުން އެކަމަށް އެދިއެދި ތިއްބައެވެ. ސްޕޮންސަރުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޭން ތިއްބައެވެ.

ދުނިޔޭގައި މައިލޯއަށް ލިބިފައިވާ މަޤާމް ހޯދުމަކީ އެހެން މަރުކާއަކަށް އެހައި ފަސޭހަކަމެއް ނޫނެވެ. ޖެހޭނީ ވާދަކޮށް މައިލޯއަށްވުރެ ފައިދާހުރި ބުއިމެއް އުފައްދައި އެކަން ކަށަވަރުކޮށްދޭށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް