އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުއްތު ދަރިފުޅު މަރުވީ މައިމީހާގެ އަތްމަތީގައި!

ތުއްތު ދަރިފުޅު މަރުވީ މައިމީހާގެ އަތްމަތީގައި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

ދަރިންނަށް ދުޅަހެޔޮ ސިއްޙަތެއް ލިބުމަކީ ކޮންމެ މަޔަކުވެސް އަދި ބަަފަޔަކު ވެސް ބޭނުންވާނެ އެންމެ ބޮޑު އެއް ކަމެވެ.

މައިންބަފައިން އެންމެ ބޮޑަށް ދެކެން ބޭނުންވާނެ މަންޒަރަކީ އެމީހުންގެ ދަރިން، އުފަލާއި ހިތްހަމަ ޖެހުމާއިއެކު އެމީހުންގެ ކުރިމަތީގައި ބޮޑުވަމުން އަންނަ މަންޒަރެވެ. ނަމަވެސް އެފަދަ އުފާވެރި މަންޒަރެއްގެ ބަދަލުގައި، ތިމާގެ ލޯބިވާ ތުއްތު ދަރިފުޅު، ތިމާގެ އަތްމަތީގައި، މިދުނިޔެއަށް އެންމެ ފަހު ނޭވާ ބޭރުކޮށްލާ މަންޒަރު ފެނުމުން، އެމައިމީހާގެ ހިތައް ކުރާނެ އަސަރު ހިތައް ވެސް ގެނޭވަރަށްވުރެ ބޮޑެވެ.



ޓެރެސާ މެކްއެލިސްޓާ ވަނީ އެހިތާމަވެރި ތަޖުރިބާ ކޮށްފައެވެ. އުމުރުން އެންމެ ފަސް ހަފްތާގެ އަންހެން ދަރިފުޅު ބްލޭކް މެކްއެލިސްޓާ މިދުނިޔެއާއި ވަކިވެގެން ދިޔައީ، އެވަގުތު ހޮސްޕިޓަލު ހުރީ ފުރިފައި ކަމަށް ބުނުމުން، ފަރުވާއެއް ނުލިބި ގޭގައެވެ.

އުފަންވީ ދުވަހުން ފެށިގެން ވެސް ނޭވާލުމުގައި ދަތިކަމެއް ބްލޭކް ގެ ހުއްޓެވެ. އަދި ދުވަހުން ދުވަހަކަށް އެތުއްތު ކުއްޖާގެ ބަލިހާލަތު ގޯސްވަމުން ދިޔުމުން، ޓެރެސާ އާއި އޭނާގެ ފިރިމީހާ ބްލޭކް ދެއްކީ އެމީހުންގެ އާއިލީ ޑޮކްޓަރު ޑރ. ޖެފްރީ ހޭންސް އަށެވެ.

ނަމަވެސް ޑރ. ހޭންސް ބުނީ ބްލޭކް އަށް ޖެހިފައިވަނީ އާދައިގެ ރޯގާއެއް ކަމަށާއި ވަރަށް އަވަހަށް ރަނގަޅު ވެދާނެ ކަމަށެވެ. އޭނާ އެހެން ބުނިކަމުގައި ވިޔަސް، އެއީ އާދައިގެ ރޯގާއެއްގެ ސަބަބުން ވާކަމެއް ނޫން ކަމަށް ބްލޭކް ގެ މައިންބަފައިންނަށް ހީވެގެން، ރަނގަޅަށް ބަލާދިނުމަށް އެމީހުން އެދުނެވެ.

އެހެންކަމުން، ވަރަށް ގިނައިން ބެލުމަށްފަހު އަދި ބްލޭކް ގެ ބަލި ހާލަތު ވެސް ރަނގަޅު ނުވުމުން ޑރ. ހޭންސް އެތުއްތު ކުއްޖާގެ ލޭގެ ޓެސްޓުތަކެއް ހެދިއެވެ. ނަތީޖާއަށް ބެލުމަށްފަހު ބުނީ ބްލޭކްގެ ނޭވާލާ ނިޒާމުގައި ރެސްޕިރޭޓަރީ ސިންސީޝިއަލް ވައިރަސް އެއް ހުރިކަމަށާއި ވީއެންމެ އަވަހަކަށް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓު ކުރަން ޖެހޭނެ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދުމުގެ ކަންތައް ހަމަޖެއްސުމަށް ހޮސްޕިޓަލަށް ޑރ. ހޭންސް ގުޅުމުން، ޓެރެސާ އާއި އޭނާގެ ފިރިމީހާއަށް ކުޑަނަމަވެސް އުންމީދެއް ލިބުނެވެ. ނަމަވެސް ހޮސްޕިޓަލުން ދިން ޖަވާބުގެ ސަބަބުން އެމީހުންގެ ފައިދަށުން ބިންގަނޑު ދެމިގަތް ފަދައެވެ.

"ޑޮކްޓަރ ހޮސްޕިޓަލަށް ގުޅާފަ ބްލޭކްގެ ހާލަތު ކިޔާދިނުމުން.... އެހޮސްޕިޓަލުން ބުނީ އެވަގުތު އެތަނުގައި ނެތޯ ޖާގައެއް، މަރުގެ ތުންފަތް މަތީގައި އޮތް އަހަރުމެންގެ ދަރިފުޅަށް ފަރުވާ ދޭން. ބުނީ އެމަރޖެންސީ ޑިޕާޓްމެންޓް އޮތީ ފުލް ކޮށޭ" ފެންކަޅިވެފައި އިނދެ ސީބީސީ ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި ޓެރެސާ ކިޔާދިނެވެ.

ޓެރެސާ ބުނިގޮތުގައި ޑރ. ހޭންސްގެ އޮފީހުން އެރޭ އެމީހުން ފޮނުވާލީ އޭގެ އަނެއް ދުވަހު އައުމަށް ބުނެއެވެ. ނަމަވެސް އޭގެ އަނެއް ދުވަހުގެ ހެނދުނު ޓެރެސާ ހޭލާފައި ބްލޭކްއަށް ބަލާލިއިރު ބްލޭކް އެއްވެސް ހަރަކާތެއް ނުކުރެއެވެ. އުރާލާ ގަޔާލާ ބޮނޑިކޮށްލުުމުން، ފުން ނޭވާއެއްލުމަށްފަހު ބްލޭކް މިދުނިޔެއާއި އަލްވަދާއު ކިޔެއެވެ.

"ދަރިފުޅު ގޮވައިގެން ގޭގެ އެއްކޮޅުން އަނެއްކޮޅަށް ރޮމުން އަހަރެން ދުވިން. އެހެނެއް ނުވާނެއޭ ބުނެ އަހަންނަށް އެހީތެރިވާނެ ފަރާތެއްވޭތޯ އެންމެންނަށް ގޮވިން" ރޮމުން ޓެރެސާ ކިޔާދިނެވެ.

ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ބްލޭކްގެ ފުރާނައެއް ނެތެވެ. އުމުރުން އެންމެ ފަސް ހަފްތާގެ ދަރިފުޅު އެމީހުންނަށް ގެއްލުނީ، ދަރިފުޅަށް ފަރުވާ ދިނުމުގައި އެންމެ ފުރަތަމަ ޑރ. ހޭންސް ވެސް އިހުމާލުވުމުންނާއި އެހޮސްޕިޓަލުން ވެސް އިހުމާލުވުމުން ކަމަށް ޤަބޫލު ކުރާ ކަމަށް ޓެރެސާ އާއި އޭނާގެ ފިރިމީހާ ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ