އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ހިތަށް އެރިހައި ގޮތަކަށް ތިއައުޅެނީ އެހެން އެއްވެސް ކަމެއްގެ މަތިން ހަނދާންނެތޭނެ 3 ވަގުތާމެދު ނުވިސްނާތީ!

ތިބާ ހިތަށް އެރިހައި ގޮތަކަށް ތިއައުޅެނީ އެހެން އެއްވެސް ކަމެއްގެ މަތިން ހަނދާންނެތޭނެ 3 ވަގުތާމެދު ނުވިސްނާތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ތިބާއަށް މާތް ﷲ އިޚްތިޔާރުތަކެއް ދެއްވެވުމުން ހިތަށް އެރިހައި ގޮތަކަށް ދުނިޔޭގައި ތިއަ އުޅެނީ އެހެން އެއްވެސް ކަމެއްގެ މަތިން ހަނދާން ނެތޭނެ 3 ވަގުތެއް އަންނާނެ ކަމާއި އެކަންކަމަށް ކުރިމަތިލާންޖެހޭނެކަން ނުވިސްނާތީއެވެ.

ޢާއިޝަތުގެފާނު އެއްދުވަހަކު ކީރިތިކުރެއްވެވިއެވެ. ލޯފުޅުން ކަރުނަ ފޮދު އޮހޮރޭތަން ފެނިވަޑައިގަތުމުން ކީރިތި ކުރައްވަވަނީ ކީއްވެގެންތޯ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ސުވާލުކުރެއްވެވިއެވެ.

ޢާއިޝަތުގެ ފާނު ކުރެއްވެވީ ސުވާލެކެވެ. "ޤިޔާމަތް ދުވަހުން އެމިހާ އެންމެ ލޯބިވާ މީހުންގެ މަތިން ވެސް ހަނދާންނެތޭނެ ވަގުތެއް އަންނާނެތޯއެވެ؟"

(މިސުވާލުކުރެއްވެވީ އެކަމަނާ އެންމެ ބޮޑަށް ލޯބިފުޅުވާ، އެކަމަނާގެ ފިރިކަލުން އިތުރު މާތް ނަބިއްޔާގެ މަތިން އެކަމަނާއަށް ހަނދާންނެތިވެވަޑައިގަންނަވަން ޖެހިވަޑައިގެންފާނެ ވަގުތު ކޮޅެއް ކުރިމަތިފުޅުވެދާނެކަމުގެ ބިރުފުޅަށް ކަމަށް ވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހުރިހާ ކަމެއް މޮޅަށް ދެކެ ދެނެވޮޑިގެންވާ މާތް ﷲ އެވެ.)

އެހިނދު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެހެން އެއްވެސް ކަމެއްގެ މަތިން މުޅިން ހަނދާން ނެތޭނެ 3 ވަގުތެއް އަންނާނެއެވެ. ފުރަތަމަ ޙާލަތަކީ ތިބާގެ އަތަށް ފަތް ލިބޭ ވަގުތެވެ. (އެވަގުތު ހުރިހާ ސަމާލުކަމެއް ދެވޭނީ ފަތް ލިބޭނެ އަތަކާއިމެދުގައެވެ.) ދެވަނަ ޙާލަތަކީ ތިބާގެ އަމަލުތައް މީޒާނުގައި ކިރޭ (ޙިސާބު ބެލެވޭ) ވަގުތެވެ. (އެވަގުތު ތިބާގެ ހުރިހާ ސަމާލުކަމެއް ދެވޭނީ މިޒާނުގައި ބުރަވާނެ ކޮޅަކަށެވެ.) 3 ވަނަ ޙާލަތަކީ ނަރަކައިގެމަތިން ޞިރާޠު މަގު ހުރަސްކުރާ ވަގުތެވެ. (އެވަގުތު ހުރިހާ ސަމާލުކަމެއް ދެވޭނީ ނަރަކައަށް ނުވެއްޓި ޞިރާޠު މަގު ހުރަސްކުރެވޭނެ ގޮތެއްވުމަށެވެ.)

ޤިޔާމަތް ދުވަހު މާތްﷲ ކާފަރުންނަށް ވެސް ބަސް ވަޙީކުރައްވަވާނެ އެވެ. ނަމަވެސް އެމީހަކަށް އަޒާބުލިބޭނެކަން އެންގެވުން ފިޔަވައި އިތުރު ބަސްފުޅެއް ވަޙީއެއް ނުކުރައްވަވާނެއެވެ.

ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ޢަޒާބު ދެއްވަވާނީ އެމީހަކަށް އަޒާބު ޙައްޤުކަން އެމީހަކަށް ސާބިތުކޮށްދެއްވެވުމަށްފަހު އެވެ. އަމަލުތައް މީޒާނުގައި ކިރުއްވަވައި ދެއްކެވުމަށް ފަހުގައެވެ.

އެދުވަހު މީޒާނުގައި އަމަލުތައް ކިރުން ކަމަށް ބުނެވެނީ މިދުނިޔޭގައި ކައްޓާއަކަށް އަރުވައިގެން މިކިރާ ކިރުމަކަށް ނޫނެވެ. އެދުވަހުގެ ކިރުން މުޅިން ތަފާތުވާނެއެވެ. އެދުވަހު ބެލެވޭނީ ތިބާ ދުނިޔޭގައި ކުރި އަމަލުތަކަށް ޢަޒާބު ޙައްޤުވާ މިންވަރާއި ސަވާބު ހައްޤުވާ މިންވަރެވެ. ތިބާއަށް ޙައްޤު ބުރަދަން އެނގޭނީ އެ ކިރުން ކިރައި ނިމުމުން ކަމަށެވެ.

މީޒާނުގައި ކިރައި ނިމުމުން ދިފާޢުވުމުގެ ފުރުޞަތު އެންމެންނަށް މާތް ﷲ ދެއްވަވާނެތެވެ. ނަމަވެސް އެއްވެސް މީހަކަށް މާތް ﷲ ގެ ނިންމެވުމަކީ ކުށް ނިންމުމެއްކަން ސާބިތުކޮށެއް ނުދެވޭނެއެވެ. ސަބަބަކީ މާތް ﷲ ހިސާބު ބައްލަވަނީ އެންމެ އިންޞާފުވެރިކަމާއިއެކުގައި ކަމަށްވާތީއެވެ. އެމީހާ ދެކޮޅު ހަދާކަންކަމަށް އެމީހާގެ ގުނަވަންތައް ހެކިދޭނެއެވެ. އޭނާގެ ވާހަކަތައް ދޮގުކުރާނެއެވެ.

- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް