އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ފުޓުބޯޅަ ޓީމު ސިންގަޕޫރަށް، އަނިޔާގެ ސަބަބުން ދަގަނޑޭއަށް ނުވެދުނު

ޤައުމީ ފުޓުބޯޅަ ޓީމު ސިންގަޕޫރަށް، އަނިޔާގެ ސަބަބުން ދަގަނޑޭއަށް ނުވެދުނު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު


އެކުވެރިކަމުގެ މެޗެއް ކުޅުމަށްޓަކައި ޤައުމީ ޓީމު ރޭ ސިންގަޕޫރަށް ފުރައިފިއެވެ.

ސިންގަޕޫރުގެ ޤައުމީ ޓީމާއެކު މާދަމާ ހަވީރު ރާއްޖެ ގަޑިން 4:30 ގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ޤައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ނެގި ސްކޮޑްގެ 23 ކުޅުންތެރިންގެ ތެރެއިން ޢަލީ އަޝްފާޤު (ދަގަނޑޭ) ފިޔަވައި ހުރިހާ ކުޅުންތެރިން ވަނީ ސިންގަޕޫރަށް ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ދަގަނޑޭއަށް ޓީމާއެކު ސިންގަޕޫރަށް ނުދެވުނީ އެންމެ ފަހުން މާލޭ ލީގުގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ބުރަކަަށްޓަށް އެރި ތަދެއް އަދި މުޅިން ރަނގަޅު ނުވާތީއެވެ. އެހެން ނަމަވެސް، މި މަހުގެ 27 ވަަނަ ދުވަހުގެ ރޭ ރާއްޖޭގައި ކުޅޭ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗަށް ދަގަނޑޭ ފިޓްވާނެކަމަށް ބެލެވެއެވެ.

ސިންގަޕޫރުގައި ކުޅޭ މި އެކުވެރިކަމުގެ މެޗަކީ ޤައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު ސެގަޓްގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ. ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އެފްއޭއެމްއިން އިއްުޔެ ވަނީ އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައިފައެވެ. ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗަށް ކޯޗު ސެގަޓް ނަގައިފައިވާ ސްކޮޑްގައި ގިނަ ޒުވާން ކުޅުންތެރިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

އަދި ޤައުމީ ޓީމަށް ކުޅެފައިވާ ތަޖުރިބާކާރު ގިނަ ކުޅުންތެރިން ސްކޮޑްގައި ނުހިމެނޭކަން ވެސް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ޝާފިއު އަހުމަދު (ޝާފީ)، މުހައްމަދު އާރިފު (ބަކާ)، އަހުމަދު ޢަބްދުﷲ (ލިލީ)، އަދި މުހައްމަދު ރަޝީދު (ހޮކޭ) ހިމެނެއެވެ. އަދި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި އަމްދާން ޢަލީ (އެންޑީ)، ރިލްވާން ވަހީދު (ރިލޭ)، އަދި އިމްރާން ނާޝިދު ވެސް ސްކޮޑްގައި ނުހިމެނެއެވެ.

ސިންގަޕޫރު މެޗަށް ޤައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިން

ނިއު ރޭޑިއަންޓް: ޢަލީ އަޝްފާޤު (ދަގަނޑޭ)، އަކުރަމް ޢަބްދުލްޣަނީ (އަކޫ)، މުހައްމަދު އުމައިރު، ހަމްޒާ މުހައްމަދު (ހަމްޕު)، ޢަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް، ހިސާމް ސަލީމް (ކޮކީ)، ރިހާމް ޢަބްދުލްޣަނީ (ބޮބީ)

މާޒިޔާ: މުހައްމަދު އިރުފާން (އިރޭ)، ސަމޫހު ޢަލީ (ސަމުއްޓެ)، ހުސައިން ޝަރީފު، ޔަސްފާދު ހަބީބް (މުލަކޭ)، މުމްތާޒް މުހައްމަދު (މުޖޭ)

ޓީސީ: އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު (އިއްބެ)، އައްޒާމް ޢަބްދުﷲ

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް، ހުސައިން ޝިފާއު

ގްރީން ސްޓްރީޓްސް: ޢަބްދުﷲ ޔާމީން (ޔާން)، އަސްހަދު ޢަލީ (އަޑުބަރޭ)

ވިކްޓަރީ: ހުސައިން ނިހާން (ނިހަޓު)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް