އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ޕެރޫގެ ރައީސް އިސްތިއުފާ ދެއްވައިފި

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ޕެރޫގެ ރައީސް އިސްތިއުފާ ދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު


ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕެރޫގެ ރަސްމީ ޓީވީ މެދުވެރިކޮށް މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރަމުން ކުޒިންސްކީ ވިދާޅުވީ ޤައުމަށް އޮތް ހުރަހަކަށް އޭނާވާން ބޭނުންނުވާކަމަށާއި އޭނާއަށް ފެންނަ ގޮތުގައި މި ވަގުތަށް ޤައުމަށް އެންމެ ރަނގަޅު ގޮތަކީ އޭނާ އިސްތިއުފާދިނުންކަމުގައި ދެކޭކަމަށެވެ. އެހެން ނަމަވެސް، މަޤާމުން އިސްތިއުފާ ދެއްވަމުން ވެސް އޭނާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ކުޒިންސްކީ އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާ މަޤާމުން ދުރުކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅުމުން އެކަމަށް މިއަދު ވޯޓު ނަގަން ހަމަޖެހިފައިވަނިކޮށެވެ. މިދިޔަ އަަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ކުޒިންސްކީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައިވެއެވެ. އެހެން ނަމަވެސް، ކުޒިންސްކީގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްވުމަށް މަދުވެގެން 87 މެންބަރުންގެ ވޯޓު ބޭނުންވާއިރު، އެ ފަހަރު އޭނާގެ އިތުބާރު ނެތްކަމަށް ވޯޓުދެއްވީ 78 މެންބަރުންނެވެ.

ޕެރޫގެ ރައީސްކަމުގެ މަޤާމުން ކުޒިންސްކީ އިސްތިއުފާ ދެއްވުމުން، ރިޔާސީ ދައުރު ހަމަވަންދެން މަޤާމާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް މާޓިން ވިޒްކަރާއެވެ. ޕެރޫގެ ރައީސްކަމަށް ކުޒިންސްކީ ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގައެވެ. ޕެރޫގެ ރިޔާސީ ދައުރަކީ ފަސް އަހަރު ދުވަހެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް