އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުލަތުގެ ވަކީލުން ނަަމަވެސް މާތްﷲގެ އަމުރުފުޅުތަކަށް އަމަލުނުކުރާނަމަ ފާޑުކިޔަންޖެހޭ: ޤްރްއާން

ދައުލަތުގެ ވަކީލުން ނަަމަވެސް މާތްﷲގެ އަމުރުފުޅުތަކަށް އަމަލުނުކުރާނަމަ ފާޑުކިޔަންޖެހޭ: ޤްރްއާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު


ރޮބޮޓެއް ފެއިލްވާނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އެ ހާލަތުގައި ފާޑުކިޔާނީ ރޮބޮޓަކަށް ނޫނެވެ. ރޮބޮޓް އުފެއްދި ކުންފުންޏަށެވެ. މީގެ ދެ ދުވަހެއް ކުރިން ވަނީ ޑްރައިިވަރަކާއި ނުލާ ދުއްވަން އުފައްދާފައިވާ ކާރަކުން ޖެހި މީހަކު މަރުވެފައެވެ. އެކަމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުކުރީ ކާރު އުފެއްދި ކުންފުންޏަށާއި ކާރު ޕްރޮގްރާމްކުރި ފަރާތަށެވެ.


އިންސާނުން ކުރާ ކަންކަން މިއާއި ވަރަށް ތަފާތެވެ. އިންސާނުން އުފައްދަވައި ބުއްދި ދެއްވީ އަދި ވާހަކަ ދެއްކުމުގެ ޤާބިލުކަން ދެއްވެވީ މާތްﷲއެވެ. އެ ނިއުމަތްތައް ދެއްވެވުމަށްފަހު މާތްﷲ ވަނީ އެ ނިޢުމަތްތަކުގެ ބޭނުން ހިފަންވީ ގޮތްތައްވެސް ބަޔާންކޮށްދެއްވަވައިފައެވެ.

އިންސާނާގެ މައްޗަށް އެންމެ ބޮޑު އަމުރުވެރިއަކީ ބަލައި ބޮޑުކުރި މައިންބަފައިންނެއް ނޫނެވެ. ފިރިމީހާ ނުވަތަ އަނބިމީހާއެއްވެސް ނޫނެވެ. އަދި ވަޒީފާ ދިން ބޮޑުމީހާއެއް ވެސް ނޫނެވެ. މުސާރަ ދޭ މީހާއެއް ވެސް ނޫނެވެ. ދައުލަތެއް، ސަރުކާރެއްވެސް ނޫނެވެ. ހަމަ މާތްﷲއެވެ.

އިންސާނާގެ މައްޗަށް އެންމެ ބޮޑު އަމުރުވެރިއަކީ އިންސާނާ އުފެއްދެވި މާތްﷲ އެވެ. އެއްވެސް އިންސާނެއްގެ ލޮލަށް މާތްﷲ ނުފެނުމަކީ އަދި މާތްﷲ ގެ އަޑުފުޅު އިންސާނުންގެ ކަންފަތަށް ނުއިވުމަކީ މާތް ﷲގެ އަމުރުފުޅުތައް "ބޮލާލައި ޖެހެން" އޮތް ސަބަބެއް ނޫނެވެ. އެހެނީ މާތް ﷲ ވަނީ މާތްﷲގެ ބަސްފުޅު މީސްތަކުންނާއި ހަމައަށް ފޯރުކޮށްދެއްވަވާފައިކަމަށްވާތީއެވެ. މާތް ﷲ ވަނީ ކީރިތި ޤްރްއާން ބާވައިލައްވައިފައެވެ. އިންސާނުންގެ މައްޗަށް މާތްﷲ ކުރައްވަވާފައިވާ އަމުރުފުޅުތައް ކީރިތި ޤްރްއާނުގައި ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއަށާއި، ރަސޫލާއަށް ތިއަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިއަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިއަބައި މީހުން ޚިޔާނާތްތެރި ނުވާށެވެ."

(ސޫރަތުލްއަންފާލް 27)

ފުލުހުންނާއި ޕީޖީ އާއި ދައުލަތުގެ ވަކީލުން މިކަންކަމުން އިސްތިސްނާއެއް ނުވެއެވެ. ހަމައެކަކުވެސް އިސްތިސްނާއެއް ނުވެއެވެ. ކަނޑައެޅިގެން އެނގިތިބެ ޤާނޫނު އަސާސީން ބޭރުން ކަންކަން ކުރާނަމަ، ކޯޓުތަކުގައި ވަކާލާތުކުރާނަމަ، ތަޙްޤީޤްތައް ކުރިއަށް ގެންދާނަމަ މިއާޔަތުގައި މާތްﷲ އެންގެވި ގޮތަށް އަމަލުކުރާ ކަމަކަށް ނުވާނެއެވެ.

"ހަމަކަށަވަރުން އަމާނާތްތައް އެއިގެ އަހުލުވެރިންނަށް އަދާކުރުމަށް ﷲ ތިއަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި މީސްތަކުންގެ މެދުގައި ތިއަބައިމީހުން ޙުކުމްކުރާނަމަ އަދުލަށް ޙުކުމް ކުރުމަށްވެސް އަމުރުކުރައްވަތެވެ. ހަމަކަށަވަރުން ﷲ އެކަމަކާއިމެދު ތިއަބައިމީހުންނަށް ވަޢިދް އިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ބައްލަވާ ވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.

(ސޫރަތުއްނިސާ 58)

މިޢާޔަތަށް ބަލައިލުން މުހިންމެވެ. ފަނޑިޔާރުން ޙުކުމް ކުރައްވަނީ ވަކީލުންގެ ވަކާލާތުތަކުގެ މައްޗަށް ކަމަށްވާއިރު އަދި ވަކީލުން ކުރާ ވަކާލާތަކީ ހުކުމްކުރުމަށް އަޅައިދޭ ފާލަން ކަމަށްވާއިރު ވަކީލުންނަކީ "ފީޑްކޮށްފައިވާ ރޮބޮޓް" ތަކަކަށްވެގެން ތިބެ ވަކާލާތުކުރުމުން މާތްﷲގެ ޙަޟްރަތުން ސަލާމަތްކަން ހޯދިދާނެބާވައެވެ! "ވަކީލުން ވަކާލާތު ކުރަނީ ތިމަންނަ ނިންމާ ގޮތްތަކަކަށް" ކަމަށް ބުނުމުން އެއީ ހަަމަ އެންމެ ޙައްޤު ބަސް ބާވައެވެ. ނޫނީ ވާނީ މާތްﷲގެ ނިންމެވުމަށް ގޮންޖެހުން ކަމަށް ނޫންބާވައެވެ!

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިއަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ އެއިގެ ދޮގު ތެދު ބަލައި ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިއަބައިމީހުންނަށް ބައަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެ ނަމަ ތިއަ ބައިމީހުން ކުރި ކަންތައްތަކުގެ މައްޗަށް ހިތާމަކުރާ ބައަކު ކަމުގައި ތިއަބައިމީހުން ވެދާނެތެވެ.

(އަލްހްޖްރާތް 6)

ކޯޓު ރޫމްގައި މި އާޔަތަށް ބަލައިލުން ރަނގަޅެވެ. އިދިކޮޅު ވަކީލުން ހެކި ހުށަހެޅުމުން ވެސް އެއީ ހައްޤު ބަސްތޯ ބަލާ ނުލައި "އަންގާފައިވާ" ގޮތަށް ބަލައިގެން ދައުލަތުގެ ވަކީލުން ވަކާލާތުކުރާނަމަަ އެ އަމަލުކުރެވެނީ މިއާޔަތުގައި މާތްﷲ އަންގަވާފައިވާ ގޮތަށްތޯއެވެ! އެކަމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން ނުޖެހި ސަލާމަތްވެވޭނެތޯއެވެ؟ އެކަމާއިމެދު ޤިޔާމަތް ދުވަހުން ހިތާމަކުރަން ނުޖެހި ސަލާމަތްވެވިދާނެތޯއެވެ؟ އަޅުގަނޑު ވާހަކަ ދެއްކީ އަޅުގަނޑަށް އަންގާފައި އޮތް ގޮތަށް ކަމަށް ބުނެ ސަލާމަތްވެވިދާނެތޯއެވެ؟ ޤިޔާމަތް ދުވަހަކީ އެމީހަކު ކުރި އަމަލެއްގެ ޒިންމާ އުފުލަން ޖެހޭނެ ދުވަހެވެ. ކިތަންމެ މަތީ ވެރިއަކު އަމުރުކޮށްގެން އަމަލެއް ކުރި ނަމަވެސް އެކަމުގެ ޒިންމާ އެ އަމަލު ކުރި މީހަކު އުފުލަންޖެހޭނެ ދުވަހެވެ.

މިހައި ސާފުކޮށް މިކަންކަން ކިރިތި ޤްރްއާނުން އެނގެން އޮތް އިރު ދައުލަތުގެ ވަކީލުން މަސައްކަތްކުރަނީ އެމީހުންނަށް ތިމަންނާ އަންގާ އުޞޫލަކުން ކަމަށާއި އެކަމަށް ފާޑުކިޔާ މީހުންގެ ދޫބުރިކުރާނެކަމަށް ބުނުމުން ބިރުގަތުމެއް ނެތެވެ. ދޫ ބުރިކުރި ނަމަވެސް ކިތަންމެ ބޮޑު އަދަބެއް ދިން ނަމަވެސް ޙައްޤު ބަސް ނޫނީ ބުނަން މާތްﷲ ހުއްދައެއް ނުކުރައްވަވައެވެ.

ކިތަންމެ ހިތި ނަމަވެސް ޙައްޤު ބަސް ބުނުމަށް ދީނީ އިލްމުވެރިން އަމުރުކުރައްވަވަނީ މިފަދަ ސަބަބުތައް ކީރިތި ޤްރްއާނުން ހާމައަށް ފެންނަން ހުރުމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް