އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްލި ނުރައްކަލުގެ ޙާތު އުވާލައިފި

ކުއްލި ނުރައްކަލުގެ ޙާތު އުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު


ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ރާއްޖޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި އެކަން އިއުލާނުކޮށްފިއެވެ. އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝުކޫރެވެ.

ޢާޒިމާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އުވައިލީ މިއަދު މެންދުރު 12:00 އިން ފެށިގެން ކަމަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތު ހަމަވާނީ މިރޭ 7:50 ހައިއިރުއެވެ. އެހެންކަމުން އުވާލާފައި މިވަނީ ގަދިޖެހުމުގެ 8 ގަޑިއިރު ކުރިންނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅުވައި ބަންދުކުރި ބަންދުގައި އިއްޔެ އާއި ހަމައަށް ތިބި އެންމެންނަށްހެން މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން މުއްދަތު ޖަހާފައެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން ރޭ ވަނީ މުއްދަތު ނުޖަހައި އަނބުރާ ގެންގޮސްފައެވެ. ސިނާނާއިމެދު އަމަލުކުރި ގޮތެއް އަދި ސާފެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް