އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސާފުފެން އެންމެން ހައްޤެއް- ބޮލަކަށް މަހަކު 300 ރުފިޔާ ޖެހޭނަމަ ސާފު ފެން ބޭނުންކުރެވޭނީ ކިތައް ގޭގަ؟

ސާފުފެން އެންމެން ހައްޤެއް- ބޮލަކަށް މަހަކު 300 ރުފިޔާ ޖެހޭނަމަ ސާފު ފެން ބޭނުންކުރެވޭނީ ކިތައް ގޭގަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

"އަޅުގަނޑުމެންގެ ގޭގައި އުޅެނީ 4 މީހުން. ފެން ބިލަށް އަރާ މަހަކު 1200 ރުފިޔާ އާ 1700 ރުފިޔާ އާ ދޭތެރޭގެ އަދެއް."- "އަޅުގަނޑުމެންގެ ގޭގައި އުޅެނީ 3 މީހުން. އެއީ ދެމަފިރިންނާ 9 އަހަރުގެ ދަރިފުޅު. ފެން ބިލަށް އަރާ މަހަކު 800 ރުފިޔާ އާ 1000 ރުފިޔާ އާ ދޭތެރޭ އަދަދެއް."

ސިވިލް ސަރވަންޓުންނަށް ބަލައިފިނަމަ އަދިވެސް ދެބައިކުޅަ އެއްބައަށްވުރެ ގިނަ މުވައްޒިފުންނަށް ލިބެނީ މަހަކު 6000 ރުފިޔާ ހަމަނުވާ އަދަދެކެވެ. އެއީ މިއަހަރު ބޮޑުކުރި 1200 ރުފިޔާ އެއްކުރުމުންނެވެ.

ކިތަންމެ އާދައިގެ މުވައްޒިފެއް ނަމަވެސް މަހުޖަނެއް ނަމަވެސް އަދި ރަސްކަލެއް ނަމަވެސް ފެން ބޭނުންކުރަންޖެހެއެވެ. ފެންވަރައި ހިނައި ތާހިރުވުމަށެވެ. ކެއްކުމަށާއި އެނޫންވެސް ބޭނުން ތަކަށެވެ.

މަހަކު 30،000 މުސާރަ ލިބޭ މީހާގެ ގޭގެ ފެންބިލަށް 2000 ވަރަކަށް ރުފިޔާ އެރިނަމަވެސް އެއެއީ މާ ބޮޑު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް 6000 ރުފިޔާ ނުލިބޭ މީހާއަށް މަހަކު 1500 - 2000 ރުފިޔާ ދައްކަން ޖެހުމުން އެކަން ވަރަށް ބޮޑު ތަކުލީފަކަށް ވާނެއެވެ.

ފެނުގެ އަގުބޮޑުވުމުން އެންމެ ބޮޑަށް ކުރިމަތިވާ އެއްމައްސަލައަކީ ތަށި ދޮވުމުގެ މައްސަލައެވެ. ޚަރަދުކުޑަކުރަންވެގެން ކުޑަ ފެންފޮދަކުން ތަށިދޮވެލީމާ ރަނގަޅަށް ސާފެއް ނުވެއެވެ. ނަތީޖާއަކަށްވެގެންދަނީ ތަށީގައި ޖަރާސީމު އުފެދި ހަރުލުމެވެ. ބެކްޓީރިއާތައް ހަށިގަނޑަށް ގޮސް ތަފާތު ބަލިތައް އިތުރުވުމެވެ.

ނަތީޖާއަކީ ފެންކުންފުންޏަށް ލިބޭ ފައިދާ އިތުރުވުމެވެ. އާސަންދައަށް ބާރުބޮޑުވުމެވެ. ރައްޔިތުންނަށް އަބަދު ބަލިވެ އުޅެންޖެހުމެވެ. ސަހަރާ ފުރުން އަވަސްވުމެވެ.

ރާއްޖޭގެ ކަންކަން ތަރައްޤީވެ ކުރިއަރަމުންދާ ވަރަކަށް ބަލިތައް އިތުރުވަމުން އަންނަކަން ހެލްތް މިނިސްޓްރީގެ ދިރާސާތަކުން ހާމަވެއެވެ.

މިއަަހަރުގެ ފެނުގެ ދުވަސް ފާހަގަކުރާއިރު ރާއްޖޭގައި ވަނީ ކުރިއެރުންތަކެއްވެސް ލިބިފައެވެ. މާލެ އާއި ރާއްޖެތެރޭގައި ފެނުގެ އަގު އެއްގޮތް ކުރުމުން ވަނީ ލުއިތަކެއް ލިބިފައެވެ. އަދި ސާފުފެން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ފާއިތުވި އަހަރުވެސް ވަނީ އިތުރު ބައެއް ރަށްރަށަށް ސާފު ފެން ލިބޭނެ ގޮތް ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް