އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕް ޒޯން 1 ގެ ޗެމްޕިއަންކަން މުރައިދޫ

މިނިވަން ޗެމްޕިއަންޝިޕް ޒޯން 1 ގެ ޗެމްޕިއަންކަން މުރައިދޫ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރުގައި އެގްރިގޭޓް ނަތީޖާއިން ހދ.ހަނިމާދޫގެ މައްޗަށް ކުރިހޯދައި، ހއ.މުރައިދޫއިން ޒޯން 1 ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ހަނިމާދޫގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުން މުރައިދޫ މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ. މުރައިދޫ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެހެންވެ، ޒޯން 1 ގެ ޗެމްޕިއަންކަން މުރައިދޫއިން ހޯދީ އެގްރިގޭޓް ނަތީޖާއިން 4-2 ގެ ނަތީޖާއިން ހަނިމާދޫގެ މައްޗަށް ކުރިހޯދައިގެންނެވެ.

މުރައިދޫގެ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ހަނިމާދޫއިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކައި އެގްރިގޭޓް ނަތީޖާ އަނބުރާލުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ހަނިމާދޫގެ އާސިފު ސަލީމްގެ ލަނޑުން މެޗުގެ ލީޑު ނެގިއިރު، މެޗުގެ 59 ވަނަ މިނެޓުގައި މުހައްމަދު ޚާލިދުގެ ލަނޑުން ހަނިމާދޫއިން އެގްރިގޭޓް ނަތީޖާ އެއްވަރުކޮށް އުންމީދު އާކުރިއެވެ.

އެހެން ނަމަވެސް، މެޗުގައި ހަނިމާދޫގެ ކުޅުމަށް ބުރޫއެއް އެރީ މެޗުގެ 64 ވަނަ މިނެޓުގައި ހަނިމާދޫގެ ޢަބްދުލްޤަފޫރަށް މެޗުގެ ރެފްރީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލި ހިސާބުންނެވެ. އެކަމުގެ ފައިދާ ނަގައި، އެއް ކުޅުންތެރިޔަކު މަދުން ކުޅެމުން ދިޔަ ހަނިމާދޫ ކޮޅަށް މުރައިދޫއިން ލަނޑެއް ޖަހައި، އަލުން އެގްރިގޭޓް ނަތީޖާއިން ކުރި ހޯދިއެވެ. މެޗުގެ 64 ވަނަ މިނެޓުގައި މުރައިދޫގެ އިސްމާއިލް ފަތުހީ މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 70 ވަނަ މިނެޓުގައި މުރައިދޫއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވެސް އިސްމާއިލް ފަތުހީއެވެ.

ޒޯން 1 ގެ ޗެމްޕިއަންކަން މުރައިދޫއަށް ލިބުމުން އެ ޓީމު ވަނީ މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ. އެފްއޭއެމްއިން މި އަހަރުގެ މިނިވަން ޗެމްްޕިއަންޝިޕްގެ އޮނިގަނޑަށް ގެނައި ބަދަލާއެކު، މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމަށް މި އަހަރުގެ މުބާރާތް ފެށިގެން ދާނީ ފައިނަލް ބުރުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް