އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުދާ އުފުލުމަށް ގެނައި ބަދަލާ ގުޅިގެން ކާޑުގެ ބާވަތްތަކުގެ އަގު އުފުލަނީ

މުދާ އުފުލުމަށް ގެނައި ބަދަލާ ގުޅިގެން ކާޑުގެ ބާވަތްތަކުގެ އަގު އުފުލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

މުދާ އުފުލާ ވަގުތުތައް ކަނޑައަޅައި އަމަލުކުރަން ފަށާފައިވާ ޤަވާއިދާއި ގުޅިގެން މާލޭގައި ހިންގާ ފިހާރަތަކުން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރަން މަޖުބޫރުވެއްޖެއެވެ.

ކާޑުގެ ބާވަތްތައް އެންމެ ގިނައިން ފިހާރަތަކަށް ސަޕްލައި ކުރާ ހަނީ ކޯނަރުން ބުނީ އެ ފިހާރައިން ދުވާލެއްގެ މައްޗަށް 400 - 500 ބަސްތާ ކާޑު މާލޭގެ ފިހާރަތަކަށް ސަޕްލައި ކުރާ ކަމަށާއި މިހާރު އެ އަދަދަށް ސަޕްލައި ނުކުރެވޭނެ ކަމަށެވެ.

"ހަވީރު 6 ޖެހީމަ ޕިކަޕްތަކަށް ބަރުކޮށްގެން 10 ޖަހަންވާއިރަށް މާލޭގެ ހުރިހާ ފިހާރަތަކަށް ސަޕްލައިއެއް ނުކުރެވޭނެ. ޤަވާއިދުގައި އޮންނަ ގޮތުން ދުވާލުގެ ވަގުތުގަ ޑެލިވަރީ ކުރާނަމަ ޕިކަޕުގައި ފަހަރަކު އުފުލޭނީ 3 ބަސްތާ. އެވަރު އަރުވައިގެންދާއިރުވެސް ފުލުހުން ގެންދަނީ ޗެކު ކުރަމުން. ޢާންމުކޮށް ފިހާރައަކަށް ކޮންމެ ދުވަހަކުވެސް 4 ބަސްތާވަރު ބޭނުންވޭ. ދެން ކިހިނެއްތޯ މިކަން ކުރާނީ؟"

އެ ފިހާރައިން ބުނީ ޕިކަޕަކަށް ކުރިން އަރުވަނީ 40- 50 ބަސްތާ ކަމަށާއި އެ އަދަދަށް ބަސްތާ އަރުވައިގެން ގެންގޮސްދޭއިރު ގެނގޮސްދެނީ ހިލޭ ކަމަށެވެ. ނަމަވެސް ފަހަރަކު 3 ބަސްތާ އަރުވައިގެން ދުއްވަންވީމާ ދެކޮޅެއް ނުޖެއްސޭނެ. އެހެންވެ ދުވާލު ގަޑީގަ މިހާރު އެބަ ނަގަން ބަސްތާއަކަށް 10 ރުފިޔާ. އެވެސް ވަރަށް ކުޑަ އަގެއް، ކާޑުގެ ބާވަތްތައް ވީމާ ހަމަ ކިރިޔާ ދެކޮޅު ޖެހޭ ވަރުގެ އަގެއް މިނަގަނީ."

މިކަންކަމުގެ އިތުރުން ފިހާރަތައް ހުޅުވާފައި ބަހައްޓަންޖެހެނީ ރެގަނޑު 10 ޖަހަންދެން ކަމަށްވުމުން މާލޭގެ ހުރިހާ ފިހާރަތަކަށް 4 ގަޑިއިރުގެތެރޭގައި ކާޑުގެ ބާވަތްތައް އުފުލައި ނުދެވޭނެ ކަމަށްވެސް ހަނީ ކޯނަރުން ބުނެފައިވެއެވެ. "އެހެންވީމާ ކުރިއަށް އޮތްތަނުގައި ކާޑުގެ ބާވަތްތައް އާންމުކޮށް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ފެންނަނީ."

ކާޑުގެ ބާވަތްތައް ޢާންމުކޮށް ވިއްކާ ފިހާރަތަކުން ބުނަނީ ޕިކަޕަށް އަގުދައްކަންޖެހޭނަމަ އެ ޚަރަދު އަގުގައި ނުހިމަނައި ނުވިއްކޭނެ ކަމަށެވެ.
ހަނީ ކޯނަރުން ބުނީ ރޭގަނޑުގެ ވަގުތުތަކަކީ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް މަގު ބަންދުކުރާ ވަގުތުތަށްވެފައި ކޮންސްޓްރަކްޝަން މެޓީރިއަލްސް ވެސް ހަމަ އެވަގުތު އުފުލަަން ޖެހުމުން ޕިކަޕްތައް ދުއްވުމުގައިވެސް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށެވެ.

ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގައި ބޮޑެތި ކޮންޓޭއިނަރާއި ކޮންސްޓްރަކްރަކްޝަން މެޓީރިއަލްސް ފަދަ ތަކެތި އުފުލަން ހުއްދަ ދެނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ނަމަވެސް އެ ޤައުމުތަކުގައިވެސް ކާޑާއި ކާބޯތަކެއްޗާއި އެނޫން ވެސް އަސާސީ ތަކެތި ކޮންމެ ވަގުތަކުވެސް އުފުލެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







ޑުރައިވަރު 2018-04-02 19:31:23

މި ހަނީކޯނާ މީ ވަރަށް ވިޔަފާރީގަ މަކަރު ހަދާބައެއް...ކިރިޔާވެސް ތަންފުކެއް ލިބިއްޖެޔާ ދަމާ ބައިކޮޅަށް ބޮޑުކުރާނެ...މެވާ ކޮޅު ސަޕްލަކުރި މީހުނަށްވެސް ދިނީ ލަނޑު...


އަބްދުއްލަތީފް