އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާފިޒްގެ ހިތް 150 ފަހަރަށް ހުއްޓުނު، ފަރުވާ ލިބުނީ އައިސީޔޫ ގައި ސޫރަތުލް ރަޙްމާން ޖެހުމުން

ހާފިޒްގެ ހިތް 150 ފަހަރަށް ހުއްޓުނު، ފަރުވާ ލިބުނީ އައިސީޔޫ ގައި ސޫރަތުލް ރަޙްމާން ޖެހުމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ލާހޯރް: ޑޮކްޓަރީ ބޭހުން ރަނގަޅު ނުކުރެވޭ ކިތަންމެ ކަމެއް ރޫހާނީ ބާރުތަކުން ރަނގަޅު ކުރެވިދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ރޫހާނީ ބާރޭ ބުނުމުން މިދައްކަނީ ސިހުރު ފަންޑިތައިގެ ވާހަކައެއް ނޫނެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ވާހަކައެވެ.

ޕާކިސްތާނުގެ ރާޖްގަރް ގެ ރައްޔިތެއް ކަމުގައިވާ ހާފިޒް އައްބާސް އޭނާގެ އުމުރުން 22 އަހަރުގައި ލާހޯރްގެ ސަރވިސަސް ހޮސްޕިޓަލްގެއައިސީޔޫ ގައި އެޑްމިޓު ކުރެވުނީ ވިހަ ބޭހެއް ކެވިގެންނެވެ. އާންމުގޮތެއްގައި މިފަދަ ކޭސްތަކުގައި ގެނެވޭ ބަލިމީހުންނާއިމެދު ޑޮކްޓަރުން ވަރަށް ފަސޭހައިން އުންމީދު ކަނޑާލައެވެ. ސަބަބަކީ އެމީހުން ސަލާމަތް ވާނެ ކަމުގެ އޮންނާނީ އެންމެ ޔަގީންކަމެއް ކަމުގައިވާތީ އެވެ.



ހާފިޒް އެޑްމިޓު ކުރެވުނުއިރު އޭނާގެ މެއާއި، ގޮހޮރާއި ކިޑްނީގެ އިތުރުން ހިތައް ވެސް ވަނީ ވިހަބޭހުގެ އަސަރުކޮށް ގިރެން ފަށާފައެވެ. ނަމަވެސް އެވަގުތު އެތަނުގައި ހުރި އޮން-ކޯލް ޑޮކްޓަރެއް ކަމުގައިވާ ޑރ. މުޙައްމަދު ޖާވިދު، އަޒުމް ކަނޑައެޅީ ހާފިޒް ސަލާމަތް ކުރަން ކުރެވެން އޮތްހުރިހާ މަސައްކަތެއް ކުރުމަށެވެ. އެއަޒުމުގައި އޭނާ ހާފިޒަށް ފަރުވާ ދޭން ފެށިއެވެ.

"ހަ ގަޑިއިރު ވަންދެން ބަލިމީހާ (ހާފިޒު) އަށް 150 އިލެކްޓްރިކް ޝޮކް ދޭން ޖެހުން. އެއީ 150 ފަހަރު އޭނާގެ ހިތް ހުއްޓުމުން، ކޮންމެ ފަހަރަކުވެސް ހިތުގެ ވިންދު ގެނައުމަށްޓަކައި. އޭނާގެ ގޮހޮރާއި ކިޑްނީ އެއިރު ވެސް ވަނީ ގިރެން ފަށާފަ. ސަޕޯޓިން ޓްރީޓްމެންޓުގެ އެހީގަ އޭނާ ހޭއެރުވުނީވެސް" ޑރ. ޖާވިދު ކިޔާދީފައިވެއެވެ.

"އަހަންނަކަށް މީގެ ކުރިން ދުވަހަކުވެސް ފެނިފައެއް ނުވޭ 150 ފަހަރަށް ހިތް ހުއްޓުނު މީހެއް އަލުން އަނބުރާ ރަނގަޅުވެފަ ހުއްޓައެއް. އަހަންނަށް ހަމަ ޔަގީން އޭނާ ރަނގަޅު ކުރެވުނީ ޑޮކްޓަރީ ބޭހަކުން ނޫންކަން، ކީރިތި ޤުރްއާން އަޑު އިއްވުމުންކަން" ޑރ. ޖާވިދު ބުންޏެވެ.

ޑރ. ޖާވިދު ބުނި ގޮތުގައި ހާފިޒްއަށް ފަރުވާދެމުން، އައިސީޔޫގެ ތެރޭގައި ސޫރަތުލް ރަޙްމާން ޖަހަން ފެށީއެވެ.



"ހާފިޒް އަށް ފަރުވާ ދެމުން ދިޔައިރު އައިސީޔޫގައި އޭނާގެ އެނދު ކައިރީގައި ސޫރަތުލް ރަޙްމާން ޖަހަމުން ގެންދިޔައިން. އޭނާގެ ބަލި ފަސޭހަވި މުއުޖިޒާތަކީ އެއީ" ޑރ. ޖާވިދު ބުނެފައިވެއެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކު ދުވާލަކު ތިން ފަހަރު އެއައިސީޔޫގައި ސޫރަތުލް ރަޙްމާން ޖަހާފައި ހުރެެއެވެ. ހާފިޒް ގެ ބަލި ރަނގަޅުވެ އައިސީޔޫ އިން އޭނާ ދޫކޮށްލުމުން ވެސް ދުވާލަކު ތިން ފަހަރު ސޫރަތުލް ރަޙްމާން އަޑުއަހާ ކަމަށް އޭނާ ބުންޏެވެ.

އެހޮސްޕިޓަލުގެ އައިސީޔޫގައި އޮންނަ އެހެން ބަލިމީހުން ވެސް ބުނި ގޮތުގައި، ކީރިތި ޤުރްއާން ކިޔަވާ އަޑު އިވުމުން، އަޖައިބު ކުރުވަނިިވި ހިތްހަމަ ޖެހުމެއް ލިބެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ