އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކްލަބް މޯލްޑިވްސް ކަޕް ދެވަނަ ބުރުގެ މެޗުތަކަށް ގުރުއަތު ލައިފި

ކްލަބް މޯލްޑިވްސް ކަޕް ދެވަނަ ބުރުގެ މެޗުތަކަށް ގުރުއަތު ލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު


ރާއްޖޭގައި ބާއްވާ އެންމެ ވާދަވެރި އެއް ފުޓްސަލް މުބާރާތްކަމަށްވާ 'ކްލަބް މޯލްޑިވްސް ކަޕް' ގެ ދެވަނަ ބުރުގައި ޓީމުތައް ވާދަކުރަންޖެހޭ މެޗުތައް ކަނޑައެޅުމަށް ރޭ ގުރުއަތުލުން ބާއްވައިފިއެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖް ބުރުގެ މެޗުތައް ނިމިފައިވާއިރު، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ލިބުނު ދެ ޓީމާއެކު ޖުމުލަ 16 ޓީމެވެ.

ދެވަނަ ބުރުގައި ޓީމުތައް ވާދަކުރަންޖެހޭ މެޗުތައް ކަނޑައެޅުމަށް ރޭ މާބެލްސް ހޮޓެލްގައި ގުރުއަތުލުން ބޭއްވިއިރު، ގުރުއަތުލާފައިވަނީ ޓީމުތައް ހަތަރު ޕޮޓަކަށް ބަހާލައިގެންނެވެ. އެ ގޮތުން، ގްރޫޕް އޭ، ބީ، ސީ، އަދި ޑީގެ އެއްވަނަ ހޯދި ޓީމުތައް އެއް ޕޮޓެއްގައި ހިމެނުނުއިރު، އެ ޓީމުތައް ގުރުއަތުލި ޕޮޓްގައި ހިމެނެނީ ގްރޫޕް އީ، އެފް، ޖީ، އަދި އެޗްގެ ދެވަނަ ހޯދި ޓީމުތަކެވެ. އަދި ގްރޫޕް އީ، އެފް، ޖީ، އަދި އެޗްގެ އެއްވަނަ ހޯދި ޓީމުތައް އެއް ޕޮޓެއްގައި ހިމެނުނުއިރު، އެ ޓީމުތައް ގުރުއަތުލި ޕޮޓްގައި ހިމެނެނީ ގްރޫޕް އޭ، ބީ، ސީ، އަދި ޑީގެ ދެވަނަ ހޯދި ޓީމުތަކެވެ.

ދެވަނަ ބުރުގައި ކުޅޭ މެޗުތައް:

1. ދިރާގު - ވެމްކޯ

2. ތިލަފުށީ ކޯޕަރޭޝަން -–ޕަބްލިކް ވޯކްސް

3. އެފްއެސްއެމް - އެލައިޑް

4. އެޗްޑީސީ - ސްޓެލްކޯ

5. އުރީދޫ -–ކަސްޓަމްސް

6. މޯލްޑިވިއަން - ޕޮލިސް

7. އެމްޓީސީސީ - ބީއެމްއެލް

8. ޕްރިސަންސް - އެމްޕީއެލް

ދެވަނަ ބުރުގެ މެޗުތައް ކުޅެނީ މި މަހު ހަވަނަ ދުވަހާއި ހަތްވަނަ ދުވަހުގައެވެ. އެ ގޮތުން، ތާވަލުކޮށްފައިވަނީ ހަވީރު ދެ މެޗެއް ކުޅެ، ރޭގަނޑު ދެ މެޗެއް ކުޅޭ ގޮތަށެވެ.
މިއީ ކްލަބް މޯލްޑިވްސް ކަޕް މެދުކެނޑުމެއްނެތި ބާއްވާތާ 13 ވަނަ އަހަރެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް