އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒޯން 7 ގައި ކޮނޑޭ ކޮޅަށް ތިން ލަނޑު ޖަހައި ހޯނޑެއްދޫ ޗެމްޕިއަންކަމާ ގާތަށް

ޒޯން 7 ގައި ކޮނޑޭ ކޮޅަށް ތިން ލަނޑު ޖަހައި ހޯނޑެއްދޫ ޗެމްޕިއަންކަމާ ގާތަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޒޯން 7 ގައި ގއ.ކޮނޑޭ ކޮޅަށް ތިން ލަނޑު ޖަހައި ގދ.ހޯނޑެއްދޫއިން ފަސޭހަކަމާއެކު ފުރަަތަމަ ލެގު ކާމިޔާބުކޮށްފިއެވެ.

ގއ.ކޮނޑޭ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ހޯނޑެއްދޫ މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ. މެޗުގެ 7 ވަނަ މިނެޓުގައި ހޯނޑެއްދޫގެ އަހުމަދު ޒައިދު މުހައްމަދު ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއިރު، މެޗުގެ ލީޑު ހޯނޑެއްދޫއަށް ފުޅާކޮށްދިނީ މެޗުގެ 27 ވަނަ މިނެޓުގައި ޢަބްދުﷲ ސައީދެވެ. މި މެޗުގައި ހޯނޑެއްދޫއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 78 ވަނަ މިނެޓުގައި ނާއިފު އަރީފެވެ.

ޒޯން ބުރުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ހޯނޑެއްދޫ ފުޓުބޯޅަ ދަނޑުގައެވެ. ޒޯން 7 ގެ ޗެމްޕިއަންކަން ލިބޭނީ ކުޅޭ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި ޓީމަކަށެވެ. ފުރަތަމަ ލެގުގައި ރަނގަޅު ނަތީޖާއަކުން ހޯނޑެއްދޫ ކާމިޔާބުކުރުމުން ހޯނޑެއްދޫއިން ވަނީ ޒޯން 7 ގެ ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފައެވެ.

ޒޯން ބުރުގެ ޗެމްޕިއަންކަން ކަށަވަރުކޮށްގެން މުބާރާތުގެ ފައިނަލް ބުރަށް އަދި ދަތުރުކޮށްފައިވަނީ، ހއ.މުރައިދޫއާއި، ށ.ފޯކައިދޫއާއި، ބ.ފެހެންދޫއާއި، ފ.ނިލަންދޫއެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލް ބުރުގައި ޒޯން ޗެމްޕިއަނުންގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމު ވެސް ވާދަކުރާނެއެވެ. އެއީ ށ.މިލަންދޫއާއި، އއ.މާޅޮސްއާއި، ދ.ކުޑަހުވަދޫއާއި، ގދ.ތިނަދޫއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް