އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަ މާރޗް މަހު މީރާ އަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިދިޔަ މާރޗް މަހު މީރާ އަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

މިދިޔަ މާރޗް މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެއޮތޯރިޓީން ބުނި ގޮތުގައި އެއަދަދަކީ 2017 ވަނަ އަހަރުގެ މާރޗު މަހަށްވުރެ 16.2 އިންސައްތަ އިތުރު އަދަދެކެވެ. ޑޮލަރުގެ އޮތުގައި ވެސް މިދިޔަ މަހު މީރާއަށް 71.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް އެއޮތޯރިޓީން ބުންޏެވެ.

މީރާއަށް މިދިޔަ މަހު އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެގޮތުން ޖީއެސްޓީ ގެ ގޮތުގައި މިދިޔަ މާރޗު މަހު 780 މިލިއަން ރުފިޔާ މީރާ އިން ބަލައިގެންފައިވެއެވެ.

ޖީއެސްޓީގެ އިތުރުން ދެވަަނަ އަށް އެންމެ ގިނަ އާމްދަނީ އެއް މީރާ އަށް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުންނެވެ. އެގޮތުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 323 މިލިއަން ރުފިޔާ މީރާ އިން މިދިޔަ މަހު ބަލައިގެންފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ