އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުއްލާއަށް ބަޑިޖެހި މައްސަލައިގަ ސަލްމާން ޚާން ކުށްވެރިވާ ކަަމަށް ކޯޓުން ކަނޑައަޅައިފި

ފުއްލާއަށް ބަޑިޖެހި މައްސަލައިގަ ސަލްމާން ޚާން ކުށްވެރިވާ ކަަމަށް ކޯޓުން ކަނޑައަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު


މީގެ 20 އަހަރު ކުރިން 1998 ވަނަ އަަހަރު ފިލްމެއް ކުޅެން އުޅުމުގެ ތެރޭގައި ފުއްލާއަށް ބަޑިޖެހި މައްސަލައިގައި އިންޑިއާގެ މަޝްހޫރު ފިލްމީތަރި ސަލްމާން ޚާން ކުށްވެރިވާ ކަަމަށް ކޯޓުން ކަނޑައަޅައިފި އެވެ.
އެއިރު ސަލްމާން ޚާން އާއިއެކުގައި ތިބި އެހެން ފިލްމީ ތަރިން ކުށްވެރި ނުވާކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

ކޯޓުގެ މިނިންމުމާއި ގުޅިގެން ޤާނޫނީ ވަކީލުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ކޯޓުން އިއްވާނެ ޙުކުމް ކުޑަކުރެވޭތޯއެވެ. 3 އަަހަރުން ދަށުގެ ޙުކުމެއް އިއްވައިފިނަމަ ހަމަ އެކޯޓުގައި އިސްތިއުނާފްކޮށް ކަފާލާތުގެ އުޞޫލުން މިނިވަން ކުރުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް އެއަށްވުރެ ބޮޑު ޙުކުމެއް އިއްވައިފިނަމަ އިސްތިއުނާފްކުރުމަށް ހުށަހަލަންޖެހޭނީ މަތީ ކޯޓަކަށެވެ. އެއިރުން އެކަމަށް އިތުރު މުއްދަތެއް ނަގާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް