އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިކްޓަރީއިން ފަހަތުން އަރައި ގްރީން ސްޓްރީޓްސް ބަލިކޮށްފި

ވިކްޓަރީއިން ފަހަތުން އަރައި ގްރީން ސްޓްރީޓްސް ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އެސްޓީއޯ މާލޭ ލީގުގައި ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގައި، ވިކްޓަރީއިން ފަހަތުން އަރައި، 1-2 ގެ ނަތީޖާއިން ގްރީން ބަލިކޮށްފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގްރީންއިންނެވެ. ގްރީންއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 8 ވަނަ މިނެޓުގައި ސޮބޮލް އިލިގިއާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއްގެ ލީޑުގައި ގްރީން އޮވެގެންނެވެ.

ވިކްޓަރީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 65 ވަނަ މިނެޓުގައި އެންހަލް ކަރަސްކޮސާގެ ލަނޑުންނެވެ. މި މެޗު ވިކްޓަރީއަށް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 87 ވަނަ މިނެޓުގައި އާދަމް އިޝާންއެވެ.

މި މެޗު ނިމެންދަނިކޮށް ގްރީންގެ މުހައްމަދު ސާއިފަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ވިކްޓަރީ އޮތީ 6 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ ފަސްވަނައިގައެވެ. ރޭގެ މެޗުން ބަލިވި ގްރީން އޮތީ ހަވަނައިގައި 5 ޕޮއިންޓް ލިބިގެންނެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ނިއު ރޭޑިއަންޓް އޮތީ 10 ޕޮއިންޓް ލިބިގެންނެވެ. ކްލަބް އީގަލްސް 8 ޕޮއިންޓް ލިބިގެން ދެވަނައިގައި އޮތްއިރު، 7 ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ މާޒިޔާއެވެ. ހަތަރުވަނައިގައި ޔުނައިޓެޑް ވިކްޓަރީ އޮތީ 6 ޕޮއިންޓް ލިބިގެންނެވެ. ހަތްވަނައިގައި އޮތް ޓީސީއަށް 4 ޕޮއިންޓް ލިބިފައިވާއިރު، ލީގު އެންމެ ފުލުގައި ވެލެންސިއާ އޮތީ އެންމެ ޕޮއިންޓެއް ލިބގެންނެވެ.
މާލޭ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް މާޒިޔާ ނުކުންނައިރު، މިރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް