އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު، އެލައިޑް، އެޗްޑީސީ، ތިލަފުށި ކޯޕަރޭޝަން ކުއާޓާއަށް

ދިރާގު، އެލައިޑް، އެޗްޑީސީ، ތިލަފުށި ކޯޕަރޭޝަން ކުއާޓާއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ރާއްޖޭގައި ބާއްވާ އެންމެ ވާދަވެރި އެއް ފުޓްސަލް މުބާރާތްކަމަށްވާ، ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލަށް ދިރާގު، އެލައިޑް، އެޗްޑީސީ، އަދި ތިލަފުށި ކޯޕަރޭޝަން ދަތުރުކޮށްފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އިއްޔެ ހަވީރު އެންމެ ފުރަތަމަ ބައްދަލުކުރީ ދިރާގާއި ވެމްކޯއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއިންނެވެ. ދިރާގުގެ ނާއިފު ޝަފީޤުގެ ލަނޑުން މެޗުގެ ލީޑު ނެގިއިރު، މެޗުގެ ނަތީޖާ ހަމަހަމަކުރީ ވެމްކޯގެ އިބްރާހިމް ޖިނާހުގެ ލަނޑުންނެވެ. މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްއިން ވެމްކޯގެ މައްޗަށް ދިރާގުން ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ދިރާގުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނާއިފު ޝަފީޤާއި، މުހައްމަދު ރިފާއުއެވެ. ވެމްކޯގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޝަހީމް ޢަބްދުލްގާދިރެވެ.

ދެވަނަ ބުރުގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ތިލަފުށީ ކޯޕަރޭޝަނާއި ޕަބްލިކް ވޯކްސްއެވެ. މި މެޗު ނިމުނީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕަބްލިކްސް ވޯކްސްގެ މައްޗަށް ތިލަފުށީ ކޯޕަރޭޝަން ކުރިހޯދައިގެންނެވެ. މި މެޗުގައި ތިލަފުށީގެ ހުސައިން ޝަރީފު (އޮންލީ) ހެޓްރިކެއް ފުރިހަމަކުރިއިރު، މުހައްމަދު ލިޔާހު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަނެއް ލަނޑު ތިލަފުއްޓަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޒިޔާން (ޖަންކީ) އެވެ.

ދެވަނަ ބުރުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެލައިޑްއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ. މި މެޗުން އެފްއެސްއެމްގެ މައްޗަށް އެލައިޑްއިން ކުރިހޯދީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އެލައިޑްގެ ޢަބްދުﷲ ޒުފާރު މުހައްމަދާއި، އައިރޫން އަހުމަދު ރަޝީދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެލައިޑްގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ލިރުއާން (ލިރޫ) އެވެ.

ދެވަަނަ ބުރުގައި ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ސްޓެލްކޯއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. މި މެޗު ނިމުނީ 1-3 ގެ ނަތީޖާއިން އެޗްޑީސީ މޮޅުވެގެންނެވެ. މި މެޗުގައި އެޗްޑީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި)، މުހައްމަދު ސުޖަން އަހުމަދު، އަދި ޢަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މި މެޗުގައި ފެނިގެންދިޔަ ސްޓެލްކޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ނަވާޒު (ނަވައްޓޭ) އެވެ.

ދެވަނަ ބުރުގައި ފުރަތަމަ ބައްދަލުކުރި މެޗުން މޮޅުވި ދިރާގު މުބާރާތުގެ ކުއާޓާ ފައިނަލްގައި ބައްދަލުކުރާނީ ދެވަނަ މެޗުން މޮޅުވި ތިލަފުށީ ކޯޕަރޭޝަނާއެވެ. ތިންވަނަ މެޗުން މޮޅުވި އެލައިޑް ކުއާޓާ ފައިނަލްގައި ބައްދަލުކުރާނީ ހަތަރުވަނަ މެޗުން މޮޅުވި އެޗްޑީސީއާއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މިއަދު ހަވީރު ދެ މެޗެއް ކުޅޭނެއެވެ. މިރޭ ކުޅޭނީ ދެވަނަ ބުރުގެ ފަހު ދެ މެޗެވެ. މިއަދު ހަވީރު އެންމެ ފުރަތަމަ ބައްދަލުކުރާނީ އުރީދޫއާއި ކަސްޓަމްސްއެވެ. ހަވީރު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ މޯލްޑިވިއަންއާއި ޕޮލިސްއެވެ. މިރޭ ފުރަތަމަ މެޗުގައި އެމްޓީސީސީއާއި ބީއެމްއެލް ބައްދަލުކުރާއިރު، ފަހު މެޗުގައި ބައްދަލުކުރާނީ އެމްޕީއެލްއާއި ޕްރިސަންއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް