އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިކަންތައްތަކުގެ ސަބަބުން ޒުވާން އުމުރުގައި އިއްދައިން ކެނޑޭ

މިކަންތައްތަކުގެ ސަބަބުން ޒުވާން އުމުރުގައި އިއްދައިން ކެނޑޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

އިއްދައިން ކެނޑުމަކީ އަންހެނެއްގެ ރަޙިމުގައި ބިސް އުފެދުން ހުއްޓުމެވެ. އޭގެ ސަބަބުން މަހުން މަހަށް ޖެހެމުން އަންނަ މައްސަރު ކަންތައް ޖެހުން ހުއްޓި، ދަރިމައިވުން ވެސް ހުއްޓެއެވެ.
އާންމު ގޮތެއްގައި އަންހެނުން އިއްދައިން ކެނޑެނީ އުމުރުން 55 އަހަރުވުމަށް ފަހުއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެއަށްވުރެ އަވަހަަށް ވެސް އަންހެނުން އިއްދައިން ކެނޑިދާނެ ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

އެގޮތުން ހިމެނޭ އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. ތިމާއަކީ ގިނައިން ވިޔަސް ނުވަތަ މަދުން ވިޔަސް، ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްނަމަ، ދުންފަތުގައި ހިމެނޭ ޓޮކްސިންގެ ސަބަބުން ތިމާގެ ރީޕްރޮޑަކްޓިވް ސިސްޓަމަށާއި ހޯމޯންސް އަށް ވެސް އަސަރު ކުރާނެކަމަށް ކަމާބެހޭ މާހިރުން ބުނެފައިވެއެވެ. އަވަހަށް އިއްދައިން ކެނޑެނީ މިހެންވެއެވެ.

އަނެއްކަމަކީ ރާބުއިމެވެ. މިއީ ރާއްޖޭގައި އާންމުކަމެއް ނޫން ކަމުގައި ވިޔަސް، ސިއްރިއްޔާތުގައި ވެސް ނުވަތަ ބޭރު ޤައުމުތަކަށް ގޮސްފައިވެސް މިޙަރާމް ކަންތައް ކުރާ ދިވެހިން އުޅެއެވެ. މިކަމަކީ މުސްލިމު ނޫން އަންހެނަކު ކުރިކަމުގައި ވިޔަސް، ޒުވާން އުމުރުގައި އިއްދައިން ކެނޑެން މެދުވެރިވާ އެއްކަންތަކެވެ. ސައިންޓިސްޓުން ކޮށްފައިވާ ދިރާސާތަކުގައި ބުނެފައިވަނީ ރާބޯމީހަކު ހަށިގަނޑަށް ފައިދާ ހުރި ވިޓަމިންސް އާއި މިނެރަލްސް އަދި އެނޫންވެސް ކާނާ ކާން ނުއުޅޭނެ ކަމަށާއި އެކަމުގެ ސަބަބުން އިއްދައިން ކެނޑޭ އުމުރު އަވަސްވާ ކަމަށެވެ.

ބަރުދަން މާބޮޑަށް އިތުރުވެފައިވާނަމަ ވެސް މިކަމާއި ކުރިމަތިލާން ޖެހިދާނެއެވެ. ބަރުދަން މާބޮޑަށް އިތުރުވެފައިވާނަމަ ހަށިގަނޑުގައި އެސްޓްރޮޖެން ހުންނަވަރު މަދުވެއެވެ. އެހެންކަމުން ޒުވާން އުމުރުގައި އިއްދައިން ކެނޑެއެވެ.

އަވަހަށް އިއްދައިން ކެނޑެން މެދުވެރިވާ އަނެއް ސަބަބަކީ މާބޮޑަށް ފިކުރު ކުރުމެވެ. ސިއްހަތާއި ބެހޭ މާހިރުން ބުނެފައިވާ ގޮތުގައި ޖިސްމާނީ ގޮތުން ލިބޭ އަނިޔާގެ ސަބަބުން މައްސަރުކަންތަކަށް އަސަރު ކުރާއިރު ޖިސްމާނީ ގޮތުން ލިބޭ އަނިޔާ ނުވަތަ ފިކުރު ބޮޑުވެ މާބޮޑަށް ހިތާމަ ކުރުމުން، ޤަވާއިދުން މައްސަރު ކަންތައް ޖެހުމަށް ދަތިވެއެވެ. އޭގެ ސަބަބުން އަވަހަށް އިއްދައިން ކެނޑެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ