އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒޯން 6 ގެ ޗެމްޕިއަންކަން ތިމަރަފުއްޓަށް، ޒޯން 7 ގެ ޗެމްޕިއަންކަން ހޯނޑެއްދޫއަށް

ޒޯން 6 ގެ ޗެމްޕިއަންކަން ތިމަރަފުއްޓަށް، ޒޯން 7 ގެ ޗެމްޕިއަންކަން ހޯނޑެއްދޫއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި، ޒޯން 6 ގެ ޗެމްޕިއަންކަން ތ.ތިމަރަފުށިން ހޯދިއިރު، ޒޯން 7 ގެ ޗެމްޕިއަންކަން ގދ.ހޯނޑެއްދޫއިން ހޯދައިފިއެވެ.

ޒޯން 6 ގައި ތ.ތިމަރަފުއްޓާއި ލ.މާބައިދޫ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިންނެވެ. ފުރަތަމަ ލެގު މާބައިދޫގައި ކުޅުނުއިރު، ތިމަރަފުށީގައި އިއްޔެ ހަވީރު ކުޅުނު މެޗު ނިމުނީ 1-2 ގެ ނަތީޖާއިން ތިމަރަފުށި މޮޅުވެގެންނެވެ. އެހެންވެ، ޒޯން 6 ގެ ޗެމްޕިއަންކަން ތިމަރަފުށިން ހޯދީ 2-3 ގެ އެގްރިގޭޓް ނަތީޖާއިން މާބައިދޫގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޒޯން 7 ގައި ގއ.ކޮނޑޭއާއި ގދ.ހޯނޑެއްދޫ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-3 ގެ ނަތީޖާއިން ކޮނޑޭ ދަނޑުގައި ހޯނޑެއްދޫ މޮޅުވިއިރު، ހޯނޑެއްދޫ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ނިމުނީ 0-1 ގެ ނަތީޖާއިން ކޮނޑޭ މޮޅުވެގެންނެވެ. އެހެންވެ، ޒޯން 7 ގެ ޗެމްޕިއަންކަން ހޯނޑެއްދޫއިން ހޯދީ 1-3 ގެ އެގްރިގޭޓް ނަތީޖާއިން ކޮނޑޭގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދުމުން ތިމަރަފުއްޓާއި ހޯނޑެއްދޫ ވަނީ މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ. މި ދެ ޓީމުގެ އިތުރުން ޒޯން ބުރުގެ ޗެމްޕިއަންކަން ކަށަވަރުކޮށްގެން މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައިވަނީ، ހއ.މުރައިދޫއާއި، ށ.ފޯކައިދޫއާއި، ބ.ފެހެންދޫއާއި، ފ.ނިލަންދޫއެވެ.

މި މުބާރާތުގެ އޮނިގަނޑަށް މި އަަހަރު ގެނައި ބަދަލާއެކު، ޒޯން ބުރުގެ ޗެމްޕިއަނުންގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމު ވެސް ފައިނަލް ބުރުގައި ވާދަކުރާނެއެވެ. އެއީ ށ.މިލަންދޫއާއި، އއ.މާޅޮސްއާއި، ދ.ކުޑަހުވަދޫއާއި، ގދ.ތިނަދޫއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް