އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔުނައިޓެޑް އަތުން ބަލިވެ ސިޓީއަށް އިތުރު އިންތިޒާރެއް

ޔުނައިޓެޑް އަތުން ބަލިވެ ސިޓީއަށް އިތުރު އިންތިޒާރެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު



އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީ ބަލިވެ، ލީގު ކަށަވަރުކުރުމަށްޓަކައި ސިޓީއަށް އިތުރަށް އިންތިޒާރުކުރަން ޖެހިއްޖެއެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ނިމުނީ 2-3 ގެ ނަތީޖާއިން ޔުނައިޓެޑް މޮޅުވެގެންނެވެ. ރޭގެ މެޗަށް ސިޓީ ނުކުމެފައިވަނީ މުހިންމު ތިން ކުޅުންތެރިއެއްކަމަށްވާ ސާޖިއޯ އަގުއޭރޯއާއި، ކެވިންޑެ ބްރައިނާއާއި، ގެބްރިއެލް ޖީސަސް، ފުރަތަމަ އެގާރާގައި ނުހިމަނައެވެ.

މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން މޮޅަށް ކުޅެގެން ލަނޑު ޖަހަން ގިނަ ފުރުސަތުތައް ތަނަވަސް ކުރަމުން ދިޔައީ ސިޓީއިންނެވެ. އެ ގޮތުން، ސިޓީއިން ވަނީ މެޗުގެ 25 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ކޯނަރަކުން ނެގި ހުރަހެއްގައި ސިޓީގެ ކެޕްޓަން ވިލްސެންޓް ކޮމްޕެނީއެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި ސިޓީގެ އިލްކޭ ގުންޑޮގަން ވަނީ ލަނޑެއް ޖަހައި ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ރަހީމް ސްޓާލިންއަށް ވަނީ ލަނޑުޖަހަން ހުސް ތިން ފުރުސަތެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ސިޓީގެ ގޯލަށް ނުރައްކާކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން، ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ވަނީ ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސް ސްމޯލިންއެވެ.

ސްމޯލިންގެ ލަނޑާއެކު، ސިޓީއިން ވަނީ އަގުއޭރޯއާއި، ޑެބްރައިނާއާއި، ގެބްރިއަލް ޖީސަސް ކުޅެން އަރުވައިފައެވެ. އެއަށްފަހު، ސިޓީއިން ވަނީ އަލުން ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްލަން ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ. އެހެން ނަމަވެސް، މި ހަމަލާތަކުގެ ހުރަހަކަށްވެގެން ދިޔައީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ.

އަމިއްލަ ދަނޑުގައި އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެން، ލީގު ކަށަވަރުކުރުމަށް ރޭ ސިޓީއަށް ލިބުނު ފުރުސަތު ގެއްލިފައިވާއިރު، އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވެގެން ލީގު ކަަށަވަރުކުރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް، 84 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ސިޓީއެވެ. ރޭގެ މެޗުން މޮޅުވި ޔުނައިޓެޑް ދެވަނައިގައި އޮތީ 71 ޕޮއިންޓާއެކުއެެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް