އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

650 ގްރާމްގެ ކުއްޖެއްގެ ބިލް ނުދެއްކި 7 މަސްވެއްޖެކަން އެނގުމުން މަހުޖަނެއްގެ ހިތް "ފަޅައިގެންގޮސް" އަންނަން ހުރި ބިލްތައްވެސް ދައްކައިފި

650 ގްރާމްގެ ކުއްޖެއްގެ ބިލް ނުދެއްކި 7 މަސްވެއްޖެކަން އެނގުމުން މަހުޖަނެއްގެ ހިތް "ފަޅައިގެންގޮސް" އަންނަން ހުރި ބިލްތައްވެސް ދައްކައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މިދިއަ އޮކްޓޯބަރު މަހު ކުއްޖާ އުފަންވިއިރު ބަރުދަނަކީ 650 ގްރާމް ކަމާއި ވިހެއިން ސުރެ މިއަދާއި ހަމައަށް ބިލް ނުދެއްކި އޮތީ އައިސީޔުގައިކަން އެނގުމުން މަހުޖަނެއްގެ ހިތް "ފަޅައިގެން ގޮސް" އެހީތައް އޮއްސާލައި މިހާރު ހުރި ބިލްތަކާއި އަންނަން ހުރި ބިލްތައްވެސް ދައްކައިފިއެވެ.

ޔޫއޭއީގެ މަހުޖަނަށް ޚަބަރު ފެނުނީ ނޫހަކުންނެވެ. ކުއްޖާގެ ބައްޕަ ވަނީ ދެ ހޮސްޕިޓަލަށް ދަރައިފިއެވެ. އެއީ ދަރިފުޅު އުފަންވި ހޮސްޕިޓަލާއި އެއަށްފަހު އައިސިޔޫގައި ބާއްވާފައި އޮތް ހޮސްޕިޓަލަށެވެ.



ކުއްޖާ އުފަންވި ހޮސްޕިޓަލުން ފައިސާ ހޯދުމަށްޓަކައި ދޭތެރެ ދޭތެރެއިން ގޫޅާތީވެސް އޭނާ ހުރީ ކަންބޮޑުވެފައެވެ. ދަރިފުޅުގެ ކަންކަން ދެމަފިރިން ވެގެން ބަލަހައްޓަން ޖެހޭތީ މަސައްކަތް ނުކުރެވި ގިނަ ދުވަސްވުމުންނާއި ވިހެއުމުގެތެރޭގައި ކުރަންޖެހުނު ޚަރަދުތައް ގިނަކަމުން އެނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އޭނާއަށް ކުއްލި ސިހުމެއް ލިބުނީ އެ ހޮސްޕިޓަލުން ގުޅައި އޭނާ ދައްކަންޖެހޭ ބިލް "ހެޔޮއެދޭ ފަރާތަކުން" ދައްކައިފިކަމަށް ބުނުމުންނެވެ.



އެ ކޯލާއި ގުޅިގެން ދަރިފުޅު މިހާރު އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލުގެ ކައުންޓަރަށް ގޮސް ސުވާލުކުރުމުން ލިބުނީ މާ ބޮޑަށް ހައިރާންކަން ލިބުނު މައުލޫމާމާތެކެވެ. ކައުންޓަރުން ބުނީ މިހާރު ހުރި ބިލްތަކާއި މުސްތަޤްބަލުގައި އަންނަން ހުރި ބިލްތައް ވެސް ދައްކާފައިވާ ކަމަށެވެ.

ދެމަފިރިން މިއަދު އެންމެ ބޮޑަށް ހިތާމަކުރަނީ ޢާއިލާއަށް އެވަރުގެ ބޮޑު ދީލަތި އެހީތެރިކަމެއް ފޯރުކޮށްދިނީ ކާކުކަން އެނގޭނެ ގޮތެއް ނެތުމުންނެވެ. މިހައިތަނަށް އެމަހުޖަނަކު ވަނީ ބިލްތަކަށް ބައި މިލިއަނަށްވުރެ ގިނަ ދިރްހަމް ދައްކައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް