އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެޑްރިޑް ޑާބީއަށް ހަމަހަމަ ނިމުމެއް، ބާސާއަށް ހިތްހަމަޖެހުމެއް

މެޑްރިޑް ޑާބީއަށް ހަމަހަމަ ނިމުމެއް، ބާސާއަށް ހިތްހަމަޖެހުމެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު




ސްޕެނިޝް ލީގުގައި އެތްލެޓިކޯ މެޑްރިޑާއި ރިއާލް މެޑްރިޑް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން ހަމަހަމަވެގެން ނިމުމުން ބާސެލޯނާއަށް ލީގު ނެގުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

ރިއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައީ ވެސް ރިއާލްއިންނެވެ. އެ ގޮތުން، ރިއާލްގެ މާކޯ އަސެންސިއޯއާއި، މާސެލޯ ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. މި ދެ ކުޅުންތެރިން ވެސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. މި ހާފުގައި އެތްލެޓިކޯއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޑިއޭގޯ ކޯސްޓާއަށެވެ. ކޯސްޓާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވެގެން ދިޔައީ ރިއާލްގެ ގޯލްކީޕަރު ކޭލާ ނާވަސްއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރިއާލްއިންނެވެ. މެޗުގެ 53 ވަނަ މިނެޓުގައި ރިއާލްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ގެރެތް ބޭލް ނަގައިދިން ހުރަހަކުން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ލަނޑު ޖެހިތާ ފަސް މިނެޓު ވެސް ނުވަނީސް، އެތްލެޓިކޯއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އެތްލެޓިކޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަރި އެންޓޮއިން ގްރީޒްމަންއެވެ.
މި މެޗުގެ ފަހު ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ކަރިމް ބެންޒީމާ ވަނީ ކުޅެން އަރުވައިފައެވެ.

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު ނިމުނީ 0-1 ގެ ނަތީޖާއިން ވެލެންސިއާ މޮޅުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވެލެެންސިއާއަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ.

މި ނަތީޖާތަކާއެކު، ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 31 މެޗުން 79 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 31 މެޗުން 68 ޕޮއިންޓް ލިބިގެންނެވެ. ވެލެންސިއާ ވަނީ ކުޅުނު 31 މެޗުން 65 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ރިއާލް މެޑްރިޑް ކުޅުނު 31 މެޗުން 64 ޕޮއިންޓް ލިބިގެން އޮތީ ހަތަރުވަނައިގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް