އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެސްޓްހާމް އަތުން މޮޅުނުވެވި ޗެލްސީއަށް ގަދަ ހަތަރެއްގެ ފުރުސަތު ކުޑަވެއްޖެ

ވެސްޓްހާމް އަތުން މޮޅުނުވެވި ޗެލްސީއަށް ގަދަ ހަތަރެއްގެ ފުރުސަތު ކުޑަވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު


އިނގިރޭސި ޕްރެމިއާ ލީގުގައި ވެސްޓްހާމް ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު، 1-1 ގެ ނަތީޖާއިން އެއްވަރުވެ، ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ ފުރުސަތު ޗެލްސީއަށް ކުޑަވެއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި ޗެލްސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ސެސާ އަޒްޕިލިކެލޭޓާއެވެ. ވެސްޓްހާމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 73 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ހަވިއާ ހަނޭންޑެޒްގެ ލަނޑުންނެވެ.

މި މެޗުގެ ނަތީޖާއާއެކު ޗެލްސީ އޮތީ ލީގު ތާވަލުގެ ފަސްވަނައިގައި 57 ޕޮއިންޓް ލިބިގެންނެވެ. ލީގުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމާއި ޗެލްސީއާ ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ޓޮޓެންހަމާއި ލީގުގެ ތިންވަނައިގައި އޮތް ލިވަޕޫލަށް 67 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރުމަށް އެ ދެ ޓީމަށް ބޭނުންވަނީ އެންމެ ތިން މޮޅެވެ.

ލީގުގައި ޗެލްސީއަށް ބާކީ އެންމެ ހަ މެޗު އޮތުމާއެކު، ލީގުގެ ގަދަ ހަތަރަކަށް ދިޔުމަށް އޮތް ފުރުސަތު ޗެލްސީއަށް ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ. އެހެންކަމަށްވީއިރު، ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް އިނގިރޭސި ކްލަބްތަކުގެ ތެރެެއިން ފުރުސަތު ލިބޭނީ އިނގިރޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދާ ކްލަބްތަކަށެވެ. ނުވަތަ އިނގިރޭސި ކްލަބަކު ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރުމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް