އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒޯން 8 ގެ ޗެމްޕިއަންކަން ހިތަދޫއަށް

ޒޯން 8 ގެ ޗެމްޕިއަންކަން ހިތަދޫއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ޒޯން 8 ގެ ޗެމްޕިއަންކަން ސ.ހިތަދޫއިން ހޯދައިފިއެވެ.

ޒޯން 8 ގެ ޗެމްޕިއަންކަން ހިތަދޫއިން ހޯދީ ޒޯން ބުރުގައި ކުޅުނު ދެ ލެގުގެ މެޗުން ވެސް ޏ.ފުވައްމުލަކު ދޫޑިގަމުގެ މައްޗަށް ކުރިހޯދައިގެންނެވެ. އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ ލެގުގެ މެޗުން 1-4 ގެ ނަތީޖާއިން ހިތަދޫ މޮޅިވިއިރު، ފުވައްމުލަކުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 0-2 ގެ ނަތީޖާއިން ހިތަދޫ މޮޅުވެގެންނެވެ. އެހެންވެ ޒޯން 8 ގެ ޗެމްޕިއަންކަން ހިތަދޫއިން ހޯދީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 1-6 އުން ފުވައްމުލަކު ދޫޑިގަމުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ހިތަދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހިތަދޫއިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ހިތަދޫގެ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑް އޮސާޖީއެެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އިބްރާހިމެވެ. މި މެޗުގައި ފެނިގެންދިޔަ ފުވައްމުލަކުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނަސްރަހެވެ.

ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދުމުން ހިތަދޫ ވަނީ މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ. ހިތަދޫގެ އިތުރުން ޒޯން ބުރުގެ ޗެމްޕިއަންކަން ކަށަވަރުކޮށްގެން މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައިވަނީ، ހއ.މުރައިދޫ، ށ.ފޯކައިދޫ، ބ.ފެހެންދޫ، އދ.ފެންފުށި، ފ.ނިލަންދޫ، ތ.ތިމަރަފުށި، އަދި ގދ.ހޯނޑެއްދޫއެވެ.

މި މުބާރާތުގެ އޮނިގަނޑަށް މި އަހަރު ގެނައި ބަދަލާއެކު، ޒޯން ބުރުގެ ޗެމްޕިއަނުންގެ އިތުރުން މިދިޔަ އަަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމު ވެސް ފައިނަލްގައި ވާދަކުރާނެއެވެ. އެއީ ށ.މިލަންދޫ، އއ.މާޅޮސް، ދ.ކުޑަހުވަދޫ، އަދި ގދ.ތިނަދޫއެވެ. އެހެން ނަމަވެސް، މިލަންދޫއާއި މާޅޮހުން މި ފަހަރުގެ މުބާރާތުގައި ވާދަނުކުރުމަށް ނިންމާފައިވުމުން، ފައިނަލްބުރުގައި ވާދަކުރާނީ ގަދަ ހަތަރު ޓީމުގެ ތެރެއިން މާޅޮހާއި ކުޑަހުވަދޫއެވެ.

މުބާރާތުގެ ފައިނަލް ބުރުގެ މެޗުތައް ފަށާނީ މި މަހުގެ 20 ވަނަ ދުވަހުގައެެވެ. މުބާރާތުގެ ފައިނަލް ބުރު ބާއްވަން އެފްއޭއެމަށް ރަށްތަކުން ހުށަހަޅާފައިވާއިރު، ފައިނަލް ބުރު ބާއްވާނެ ދެ ރަށެއް އަދި އެފްއޭއެމްއިން ހާމައެއް ނުކުރެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް ބުރު ބާއްވާފައިވަނީ ހދ.ކުޅުދުއްފުށީގައާއި ގދ.ތިނަދޫގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް