އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިންގެ ބޭންކުގެ ފައިދާ އަހަރަކު 1 ބިލިއަނަށްވުރެ އިތުރުވީމާ އެންމެ ބޮޑު ތައުރީފެއް ރައީސް މައުމޫނަށް!

ދިވެހިންގެ ބޭންކުގެ ފައިދާ އަހަރަކު 1 ބިލިއަނަށްވުރެ އިތުރުވީމާ އެންމެ ބޮޑު ތައުރީފެއް ރައީސް މައުމޫނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ލިބޭ ފައިދާ އަހަރަކު 1 ބިލިއަނަށްވުރެ އިތުރުވީމާ އެކަމުގެ އުފާ ފައުޅުކުރަމުން ގެންދާއިރު އެކަމުގެ އެންމެ ބޮޑު ތައުރީފެއް ޙައްޤުވާނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށެވެ.

ޤައުމުގައި ހިނގާ ބައެއް ކަންކަމަކީ އެއިރަކު ހުންނަ ވެރިމީހާއަށް ތައުރީފް އަދާކުރަންޖެހޭ ކަންކަމެވެ. ޚާއްޞަކޮށް އެކަމަކީ އެ ޤައުމެއްގައި އެއިރަކު ނެތް މުޅިން އަލަށް ތަޢާރަފްކުރެވުނު ކަމެއް ނަމައެވެ.

ރައީސް މައުމޫން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި ހުރީ މުޅިންވެސް ބޭރު ޤައުމުތަކުގެ ބޭންކްތަކެވެ. އެހެންކަމުން ރާއްޖޭގައި ދިވެހިންގެ ބޭންކެއް އުފެއްދެވުމަށް ޝައުޤުވެރިވެވަޑައިގެން ބޭންކް އޮފް މޯލްޑިވްސް އުފެއްދެވީ ރައީސް މައުމޫންއެވެ.

ބަންގްލަދޭޝްގެ ފިނޭންސް ކޯޕަރޭޝަނަކާއި ދިވެހިސަރުކާރާއި ގުޅިގެންނެވެ. ބޭންކެއް އުފައްދައި ހިންގާނެ ޤާބިލު ދިވެހިން ރާއްޖޭގައި ނެތުމުން ބޭންކް ހިންގީ ވެސް އެކުންފުނިންނެވެ. ނަމަވެސް އެމްއެމްއޭ އިން ވަނީ ބޭންކުގެ ކަންކަން ވަަރަށް ގާތުން ބަލަހައްޓައިފައެވެ.

ވަރަށް ޢާދައިގެ ގޮތަކަށް އުފެދުނު ބޭންކް އޮފް މޯލްޑިވްސް މިހާރު އަމާޒު ހިފާފައިވަނީ އެ ބޭންކުގެ ގޮތްޕެއް އަވަށްޓެރި ޤައުމެއްގައި ހުޅުވުމަށެވެ. އެކަމަށް ބޭނުންވާ ލައިސަންސަށް މިހާރު ވަނީ އެދިފައެވެ. ކުރިފަޅައި ބިޔަވެ ބޮޑުވަމުން އެދަނީ ހަމަ ދިވެހިންގެ ބޭންކެވެ. އެހެންކަމުން ބޭންކް އޮފް މޯލްޑިވްސް ހެދި ބޮޑުވަމުން ދިއުމުން އެކަމުގެ ރީތި ނަމާއި ޝަރަފު އެބޭންކުގެ ބާނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ދާނީ ލިބިވަޑައިގަންނަވަމުންނެވެ.

ރާއްޖޭގައި ހުޅުވި ފުރަތަމަ ކޮމަރޝަލް ބޭންކަކީ ސްޓޭޓް ބޭންކް އިންޑިއާއެވެ. އެބޭންކު ހުޅުވުނީ ރާއްޖޭގެ ތަރައްޤީގެ ބާނީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. އެކަމަށް ވަރަށް ވިސްނުންތެރިކަމާއިއެކު އެމަނިކުފާނު ކުރެއްވެވި މަސައްކަތްޕުޅުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޙަބީބް ބޭންކް. ބޭންކް އޮފް ސިލޯން ފަދަ ބޭންކުތައް ރާއްޖެ އައީ ސްޓޭޓް ބޭންކްގެ ފަހަތުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް