އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ކައިވެނިކޮށްގެން" އުޅުނު 20 އަހަރުގެ ދަރިފުޅު ރުޅިވުމުން "އަނބިމީހާ" އާ ލިބިފައިވާ ދަރިފުޅު މަރާލައިފި

"ކައިވެނިކޮށްގެން" އުޅުނު 20 އަހަރުގެ ދަރިފުޅު ރުޅިވުމުން "އަނބިމީހާ" އާ ލިބިފައިވާ ދަރިފުޅު މަރާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

އެމެރިކާގެ ނޯތް ކެރޮލީނާގެ ފިރިހެނަކު "ކައިވެނިކޮށްގެން" އުޅުނު އޭނާގެ 20 އަހަރުގެ ދަރިފުޅު ރުޅިވުމުން "އަނބިމީހާ" އާއި "ދެމަފިރިންނަށް" ލިބިފައިވާ 7 މަހުގެ ދަރިފުޅު މަރާލައިފިއެވެ.

ފިރިހެން މީހާގެ މަންމަ ބުނީ "ދެމަފިރިންގެ" މެދުގައި މައްސަލަ ޖަހުނުތާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ. ނަމަވެސް މިފަދަ އަނިޔާވެރިކަމެއް ކޮށްފާނެ ކަމަށް ކުރިން ޤަބޫލު ވެސް ނުކުރާ ކަމަށެވެ.



ބަޑީގެ އަޑު އިވުމުން މަންމަ ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އައިއިރު ފިރިހެން މީހާ ވެސް އޮތީ އަމިއްލައަށް ގައަށް ބަޑިޖަހައިގެން މަރުވެފައެވެ. ފުލުހުން ބުނީ އަމިއްލަ ދަރިފުޅާއި ކައިވެނިކުރަންވެގެން ދަރިފުޅުގެ މަންމަ ވަރިކޮށް ފޮނުވާލީ މިދިއަ އަހަރު ކަމަށެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި އަމިއްލަ ދަރިންނާއި ކައިވެނިކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެއީ އެއްވެސް ދީނެއްގައި ހުއްދަކުރާ ކަމެއް ނޫނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް