އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޮނާކޯގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު ޕީއެސްޖީއިން ފްރާންސް ލީގު ކާމިޔާބުކޮށްފި

މޮނާކޯގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު ޕީއެސްޖީއިން ފްރާންސް ލީގު ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު



ފްރާންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯގެ މައްޗަށް 1-7 ގެ ނަތީޖާއިން ހޯދި ބޮޑު މޮޅާއެކު ޕީއެސްޖީއިން ފްރާންސް ލީގު ކާމިޔާބުކޮށްފިއެވެ.

ފްރާންސް ލީގުގައި ބާކީ ނުކުޅެ ފަސް މެޗު އޮއްވައި ޕީއެސްޖީއިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވަނީ، ދެން ކުޅޭ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެއްވެސް ޓީމަކަށް ޕީއެސްޖީއާ އަރައި ހަމަނުކުރެވޭނެތީއެވެ. ރޭގެ ބޮޑު މޮޅާއެކު ޕީއެސްޖީ ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު 33 މެޗުން 87 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި މޮނާކޯ އޮތީ ކުޅުނު 33 މެޗުން 70 ޕޮއިންޓް ލިބިގެންނެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގައި ޕީއެސްޖީގެ ޖިއޮވާނީ ލޮސެލްސޯއާއި އެންހަލް ޑިމާރިއާ ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު، އެޑިންސަން ކަވާނީއާއި ޖޫލިއަން ޑްރެކްސްލާ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ޕީއެސްޖީއިން މި މެޗުގައި ކާމިޔާބުކުރި ލަނޑުތަކުގެ ތެރޭގައި، މޮނާކޯގެ ކެޕްޓަން ރަޑަމެލް ފަލްކާއޯގެ އަތުން ބައިކޮޅަށް ވަން ލަނޑެއް ވެސް ހިމެނެއެވެ. މޮނާކޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ރޮނީ ލޮޕޭޒެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބޮޑެތި ޚަރަދުތަކެއް ކުރުމަށްފަހު ސީޒަނަށް ނުކުތް ޕީއެސްޖީއިން ވަނީ މި ސީޒަންގައި ފްރާންސް ލީގުގެ އިތުރުން ފްރާންސް ކަޕް ވެސް އުފުލާލައިފައެވެ.

މި ސީޒަންގައި ޕީއެސްޖީއިން ދެ ތަށި ކާމިޔާބުކުރި ނަމަވެސް، ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއިން މި ސީޒަންގައި ވެސް ނެރުނީ އެދެވޭ ނަތީޖާއެއް ނޫނެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް އަމާޒަކޮށްގެން ނުކުތް ޕީއެސްޖީއިން އެ މުބާރާތުން ކެޓީ މުބާރާތުގެ ދެވަނަ ބުރުގައި ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑްގެ އަތުން ބަލިވެގެންނެވެ. ޕީއެސްޖީގެ ތާރީޚުގައި އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށްވުރެ ދުރަށް ދަތުރުކުރެވިފައެއް ނެތެވެ.

މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި ޕީއެސްޖީއިން އެންމެ އަގުބޮޑުކޮށް ގެނައި ބްރެޒިލްގެ ތަރި ނޭމާއަށް ވަނީ ފަހުން ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ސީޒަންގެ ފަހުކޮޅުގައި ކުޅުނު ހުރިހާ މެޗެއް ގެއްލިފައެވެ. ނޭމާގެ ޑޮކްޓަރު ބުނި ގޮތުގައި، މި އަންނަ ޖޫން މަހުގައި ފަށާ ވޯލްޑްކަޕް މުބާރާތަށް ނޭމާ ފިޓްވާނެކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް