އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސާފުރާއްޖޭގެ ކެމްޕެއިނާއި ގުޅުންހުރި ކަންތައްތައް މާކެޓްކުރުމަށް ޕީއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ސާފުރާއްޖޭގެ ކެމްޕެއިނާއި ގުޅުންހުރި ކަންތައްތައް މާކެޓްކުރުމަށް ޕީއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއިން ހިންގާ ސާފުރާއްޖޭގެ ކެމްޕެއިނާއި ގުޅުންހުރި ކަންތައްތަކާއި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަނުން ހިންގާހ ހަރަކާތްތައް މާކެޓްކުރުމަށް ޕީއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއް އަހަރުދުވަހަސް ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކުރާމަސައްކަތްތަކާއި ކުންފުނިން ތަޢާރަފްކޮށްފައިވާ އަދި ތަޢާރަފްކުރާ ޕްރޮޑަކްޓްތައް ރައްޔިތުންނަށް އަންގައިދިނުމާއި މިނިސްޓްރީ އަދި ވެމްކޯގެ ދައުރާ އަދި ޒިންމާ ތަކާ ގުޅޭ ގޮތުން ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުން ހޭލުންތެރިކުރުމަށް ޕަބްލިކް ސަރވިސް މީޑިއާގެ ވަޞީލަތް (ޓީވީ، ރޭޑިއޯ، ޕްރިންޓް، އޮންލައިން މީޑިއަމްތައް) ތަކުގެ ބޭނުން ކުރުމާއި ކުނި މެނޭޖްކުރުމުގައިރައްޔިތުން ހޭލުންތެރިކުރުމަށް ޕަބްލިކް ސަރވިސް މީޑިއާގެ ވަޞީލަތް (ޓީވީ، ރޭޑިއޯ، ޕްރިންޓް، އޮންލައިން މީޑިއަމްތައް) ތަކުގެ ބޭނުން ކުރުމާއި ސާފު ރާއްޖެ ކެމްޕެއިންގެ ކަންތައްތަކާއި ވެމްކޯ ގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެފަދަ ޚިދުމަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި ސާފު ރާއްޖެ ކެމްޕެއިންގެ ހަރަކާތްތަކާއި، ވެމްކޯ އިން ފޮނުވަން ބޭނުންވާ އިޝްތިހާރުތަކާއި އެނައުންސްމަންޓްތައް ހަމަޖެހިފައިވާ އުޞޫލުން ތައްޔާރުކުރުން އަދި ޕީއެސް އެމްގެ ޗެނަލްތައް ކަމުގައިވާ ޓީވީއެމް،ޕީއެސްއެމް ނިއުސް، ދިވެހިރާއްޖޭގެ އަޑު، ދިވެހި އެފް.އެމް. އަދި އޮންލައިން މީޑިއާއިން ވެމްކޯގެ އިޝްތިހާރުކުރުމާއި ކުންފުންޏަށްބޭނުންވާ ޕަބްލިކް ސާރވިސް އެނައުންސްމަންޓްތައް ގެނެސްދިނުމެވެ.

މި އެއްބަސްވުމުގެ ދަށުން ޓީވީ އަދި ރޭޑިއޯއިން ސާފުރާއްޖެ ކެމްޕެއިންއާއި ކުނިމަދުކުރުމާއި ބެހޭގޮތުން ރައްޔިޔުން ހޭލުންތެރި ކުރުމަށް ދެފަރާތުން އެއްބަސްވާގޮތެއްގެ މަތިން ޕްރޮގްރާމް އުފެއްދުން ހިމެނެއެވެ.

މި ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. އަދި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު