އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިގަވާ އެންމެ ގަދަ އަޒާބުލިބޭ ހޮހޮޅަ "ޢައްޔުން" އިން ސަލާމަތްވާން ބޭނުންހެއްޔެވެ؟ އަވަހަށް މަސައްކަތް ފަށާ!

ނަރަކައިގަވާ އެންމެ ގަދަ އަޒާބުލިބޭ ހޮހޮޅަ "ޢައްޔުން" އިން ސަލާމަތްވާން ބޭނުންހެއްޔެވެ؟ އަވަހަށް މަސައްކަތް ފަށާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

"ޣައްޔުންގެ އެއް މާނައަކީ ނަރަކައިވާ އެންމެ ބިރުވެރި ހޮހޮޅައެވެ. އެއީ އެތަނުގައި އަޒާބު ގަދަފަދަކަމުންނެވެ. އެ ހޮހޮޅަ ދެކެ ނަރަކަވެސް ބިރުން ތުރުތުރު އަޅާކަމަށް ބުނެވެއެވެ."

ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަކީ ތިއަބައިމީހުންގެ ޚަލީފާއެވެ. ތިމަންކަލޭގެފާނު އެންމެ ބޮޑު އިސްކަމެއް ދެއްވަވަނީ ނަމާދުކުރެއްވުމަށެވެ. އެންމެން ވެސް އެންމެ ބޮޑު އިިސްކަމެއް ދޭންޖެހޭނީ ނަމާދުކުރާށެވެ. ނަމާދުކުރުމަށް (ޖަމާއަތުގައި) ފަރުވާ ކުޑަކުރާމީހާ އެހެން ހުރިހާ ކަމަކަށް ފަރުވާ ކުޑަކުރާނެއެވެ.

އަދިވެސް ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. މާތް ﷲ އަށް ލޯބިކުރުމަކީ ނުވަތަ މާތް ﷲ އާއިމެދު ކަންކަން ރަނގަޅަށް ކުރަން ފުރަތަމަ ކުރަންޖެހޭ ކަމަކީ ނަމާދަށް އިސްކަން ދިނުމެވެ. މާތް ﷲ އާއިމެދު ރަނގަޅަށް ކަންކަން ނުކުރާ މީހާ އެހެން ބައަކާއިމެދު ކަންކަން ރަނގަޅަށް ކޮށްފާނެ ކަމަށް ޤަބޫލުކުރުމެއް ނެތެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ވަގުތުޖެހުމުން ވީހައި އަވަހަކަށް ނަމާދުކުރުމަށެވެ. އަދި ނަމާދަކީ އެންމެ ހެޔޮ އަމަލުކަމުގައެވެ. އެންމެ ހެޔޮ އަމަލަށްވުރެ އިސްކަންދޭން ޖެހޭނެ އަމަލެއް އޮންނާނެ ހެއްޔެވެ؟

މުސްލިމުންނަކީ މާތް ﷲ ފޮނުއްވެވި އިތުރު ރަސޫލު ބޭކަލުންނަށް ތަބަޢަވަގެން ތިބި ބައެކެވެ. މާތް ﷲ ފޮނުއްވެވި ރަސޫލުންނަށް ތަބައަވެގެން ތިބި ބައަކު މިހައި ނުބައިވި ސަބަބުތައް ވެސް މާތް ﷲ ވަނީ ބަޔާންކުރައްވަވާފައެވެ.

ފުރަތަމަ ސަބަބަކީ ނަމާދަށް ފުރަގަސްދިނުމެވެ. ނަމާދުކުރިނަމަވެސް ނަމާދަށް ސަމާލުކަން ނުދީ ވަގުތުތަކެއް ބޭކާރުކުރުމެވެ. ނަމާދަށް ފަރުވާ ކުޑަކުރުމެވެ.

ނަމާދަށް ފަރުވާކުޑަކުރުމުގެ މާނައަކީ ހަމައެކަނި ނަމާދު ނުކުރުމެއް ނޫނެވެ. ނަމާދު ވަގުތުޖެހުމުން ޖަމާއަތުގައި ނަމާދުނުކުރުމަކީވެސް ނަމާދަށް ފަރުވާ ކުޑަކުރުމެވެ. ނަމާދުގައި ޚުޝޫޢަތްތެރި ނުވުމާއި ކަމަކަށް ކަމެއް ކުރާ އުޞޫލުން ނަމާދުކުރުމަކީވެސް ނަމާދަށް ފަރުވާކުޑަކުރުމެވެ.

އިމާމް ހަސަނުލް ބަޝްރީ ވިދާޅުވަނީ ހަމަ އެއާއިއެކު މީސްތަކުން ދުނިޔަވީ ކަންކަމުގެ ތެރެއަށް ގެއްލިގެން ދިއުމުގެ ސަބަބުން މިސްކިތުގައި މަޑުކޮށްލާނެ ވަގުތުކޮޅެއް ނެތް ޙާލަތަށް މިއަދު މިވަނީ ގޮސްފައި ކަމަށެވެ. ސަލާމް ދިނުމާއިއެކު ފައިބައިގެން ދުއްވަނީ ކޮންމެވެސް ދުނިޔަވީ ކަމެއް ކުރުމަށެވެ. ޓީވީން ދައްކާ ޕްރޮގްރާމެއް ބަލަންވެސް އެބަދެއެވެ. ނަމާދަށް ގޮވިއިރު ކުޅެން އިން ގޭމް ކުޅެންވެސް އެބަދެއެވެ.

މިހުރިހާ ކަންކަމަކީވެސް ހަމަ ނަމާދަށް ފަރުވާ ކުޑަކުރުމެވެ. ނަމާދަށް ފަރުވާ ކުޑަކުރުމަކީ އިސްލާމް ދީނާއި އީމާންކަމުން ފައިކައްސާލަން ފެށުމުގެ ފުރަތަމަ ޙަރުފަތެވެ.

ދެން ކުރިމަތިވެގެން މިއުޅޭ ކަމަކީ ދުނިޔޭގެ ދަހިވެތިކަން ބޮޑުވެ މާތް ﷲ ގެ މަގުގައި ހޭދަކުރާނެ ފައިސާ އަތުގައި ނެތުމެވެ. ކިތަންމެ ގިނަ ފައިސާތަކެއް އަތުގައި ހުރި ނަމަވެސް ކުރަން ބޭނުންވެގެން ހުންނަ ކަންތައްތައް ގިނަކަމުން ޒަކާތް ދައްކާނެ ފައިސާ ހުންނަ ކަމަކަށް ނުވެއެވެ. މިސްކިތް ބަލަހައްޓާ ފަންޑުފޮށްޓަށް ވައްޓައިލާނެ ލާރިއެއް އަތުގައި އޮންނަ ކަމަކަށް ނުވެއެވެ.

މިފަދަ މީހުން ދާދި އަވަހަށް ފެންނާނެ ކަމާއި އެމީހުންނަށް ހުރީ ޣައްޔުންކަން މާތް ﷲ ވަނީ އަންގަވައިފައެވެ. ޣައްޔުންގެ އެއް މާނައަކީ ނަރަކައިވާ އެންމެ ބިރުވެރި ހޮހޮޅައެވެ. އެއީ އެތަނުގައި އަޒާބު ގަދަކަމުންނެވެ. އެ ހޮހޮޅަ ދެކެ ނަރަކަވެސް ބިރުގަންނަކަމަށް ބުނެވެއެވެ.

މިފަދަ ހާލުގައި މިހާރު ތިބި މީހުން ވީހައި އަވަހަކަށް ތައުބާވެ ފާފަ ފުއްސެވުން އެދި ދުޢާކުރާށެވެ. ޣައްޔުން އިން ސަލާމަތްވުމަށްޓަކައެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް