އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ކައިރިވަނީ 7: ޝަހީދުންނަށްވުރެ މަތީ ދަރަޖަ ހޯދައިގެން ޝަހީދުންނަށްވުރެ ކުރިން ސުވަރުގެ ބޭނުންތަ؟ ރަމަޟާން މަހަށް ތައްޔާރުވޭ!

ރޯދަ ކައިރިވަނީ 7: ޝަހީދުންނަށްވުރެ މަތީ ދަރަޖަ ހޯދައިގެން ޝަހީދުންނަށްވުރެ ކުރިން ސުވަރުގެ ބޭނުންތަ؟ ރަމަޟާން މަހަށް ތައްޔާރުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ރަމަޞާން މަސް ކައިރިވަނީ ޝައުބާން މަހުގެ ފުރަތަމަ ދުވަސް ނިމިދިއައީ އެވެ. ދާދި އަވަހަށް ރަމަޟާން މަހަށް އަތްފޯރާނެއިރު އެމަހުގައި ކުރަންޖެހޭ އަޅުކަމަށް ތިބާތައްޔާރުވަނީ ކީއްވެގެން ހެއްޔެވެ؟

މާތް ﷲ އަންގަވާފައިވާ ގޮތުގައި ރޯދަ ހިފުމުގައި ކުރި ހޯދުމަކީ މާތް ﷲ ގެ މަގުގައި ޝަހީދުވެގެންދާ މީހުންނަށްވުރެ ކުރިން ސުވަރުގެ ވައްދަވާ ކަމެކެވެ. އެކަން ތޮލްޙަތުގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅަކާއި ގުޅިގެން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.

އެންމެ ރަނގަޅެވެ. ކުރިން ސުވަރުގެ ވަދެވުނީމާ ލިބެނީ ކޮން މޮޅެއްތޯ ސުވާލުކޮށްފާނެއެވެ. ދުނިޔަވީ ނަޒަރަކުން ނިކަންބަލައިލަބަލާށެވެ. އައިފޯނުގެ އައު ސީރީޒެއް ނުކަންނައިރު އެންމެން ކިޔޫގައި ޖެހިގެން އަވަހަށް ހޯދަން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ފަހުންވެސް ލިބޭނީ ހަމަ ފޯނެއް ވިއްޔާއެވެ.

ދެން ނިކަން ޢާޚީރަތް ދުވަހަށް ބަލައިލަބަލާށެވެ. ސުވަރުގެއަށް ވައްދަވާ ފުރަތަމަ މީހުން ސާދަވިލޭރޭގެ ހަނދުގެ ގޮތުގައި ސިފަކޮށްދެއްވަވާފައިވާއިރު 2 ވަނަ ބުރު ސިފަކޮށް ދެއްވަވާފައިވަނީ ތަރިތަކުގެ ގޮތުގައެވެ. ތަފާތު ފެނޭ ހެއްޔެވެ؟

ކުރިން ބުނި ފަދައިން އައިފޯނެއް އަވަހަށް ހޯދަން ތިބާ ކިޔޫގައި ހުރެއްޖައީމުއެވެ. ވީއިރު އަވަހަށް ސުވަރުގެ ވަދެ މާތްﷲ (ދެއްކެވި މިންވަރެއް) ދެކިލަން ބޭނުމެއް ނުވޭ ހެއްޔެވެ؟ އެންމެ ފުރަތަމަ މީހެއްގެ ގޮތުގައި ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަށިކޮޅުގައި "ބައްދައިލަން"، ކޮނޑާ ކޮނޑު ޖައްސައި ސަލާން ކޮށްލަން ބޭނުން ނުވަނީ ހެއްޔެވެ؟

އެނގޭ ހެއްޔެވެ؟ ފުރިހަމަ ގޮތުގައި ރޯދަ ހިފުމަކީ ކީރިތި ޤްރްއާން ހިތުދަސް ހާފިޛުންނަށްވުރެ ކުރި ހޯދޭ ކަމެކެވެ. އަދިވެސް ބުނަންހެއްޔެވެ؟ ފުރިހަމަ ގޮތުގައި ރޯދަ ހިފާ މީހާ އާއި ޝަހީދުންނާއި ހުރި ތަފާތަކީ އުޑާއި ބިމާއި ހުރި ތަފާތެވެ.

ލޮބުވެތި އަޚުންނޭވެ. އުޚުތުންނޭވެ. މިފެށެނީ މި ބަރަކާތްތައް ހާޞިލުކުރެވެން އޮތް ރަން މޫސުމެވެ. ތައްޔާރުވުން އަވަސްކުރާށެވެ.

- މައުލޫމާތު- ޢިލްމުވެރިންގެ ދަރުސުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް