އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

30/18 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން އެމްޕީއެލްއަށް

30/18 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން އެމްޕީއެލްއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު


ކްލަބް މޯލްޑިވްސްގެ އަންހެން ފުޓްސަލް މުބާރާތްކަމަށްވާ، 30/18 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހޯދައިފިއެވެ.
އެމްޕީއެލްއިން ޗެމްޕިއަންކަން ރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިސް ކްލަބްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައިގެންނެވެ.

ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެމްޕީއެލްއިންނެވެ. އެމްޕީއެލްގެ ލަނޑު ކާމިޔާބުކޮށްދިނީ އައިމިނަތު ޝާމިލާ (ޝާ) އެވެ. ޕޮލިހަށް ނަތީޖާ ހަމަހަމަކޮށްދިނީ އަނީތާ ބަސްނެޓްއެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ޕޮލިސްގެ މައްޗަށް އެމްޕީއެލްއިން ކުރިހޯދީ 2-3 ގެ ނަތީޖާއިންނެވެ. އެމްޕީއެލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ފާތިމަތު ޖޫޒަން ޒަރީރާއި، ސެޔެހްދެޒާރާއާއި، މަރިޔަމް ރިފާ (މަރިލީން) އެވެ. ޕޮލިސްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަނީތާއާއި ސަބިތްރާ ބަންޑާރީއެވެ.

މުބާރާތުގެ އެކިއެކި މަޤާމްތައް:

ފެއާ ޕްލޭ ކުޅުންތެރިޔާ - ޝަހުލާ ތައުފީޤު (ފެނަކަ)

އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ - ސަބިތްރާ ބަންޑާރީ (ޕޮލިސް)

އެންމެ އުންމީދީ ކުޅުންތެރިޔާ - ފިރުޝާނާ ނަސީރު (ކަސްޓަމްސް)

އެންމެ މޮޅު ކޯޗު - އަހުމަދު ވިސާލް (އެމްޕީއެލް)

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

އައިމިނަތު ޝާމިލާ (އެމްޕީއެލް)

ފާތިމަތު ސާލިޔާ (އެމްޕީއެލް)

ސަބިތްރާ ބަންޑާރީ (ޕޮލިސް)

ފަދުވާ ޒާހިރު (އެމްޕީއެލް)

އަޒާމް އަޚޯންޑީ އަބާޗީ، ގޯލްކީޕަރު (އެމްޕީއެލް)

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ޕޮލިސް ކްލަބްގެ ސަބިތްރާ ބަންޑާރީއަށެވެ.

މިއީ ކްލަބް މޯލްޑިވްސްގެ ވުމަންސް ފުޓްސަލް ފިއެސްޓާ މެދުނުކެނޑި ބާއްވާތާ 9 ވަނަ އަހަރެވެ.

ކްލަބް މޯލްޑިވްސްގެ ފިރިހެން ފުޓްސަލް މުބާރާތުގެ ފައިނަލް މިރޭ ކުޅޭނެއެވެ. ފައިނަލް މެޗުގައި ބައްދަލުކުރަނީ ތިލަފުށި ކޯޕަރޭޝަނާއި މޯލްޑިވިއަންއެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް