އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހީ ރިޕޯޓް: އެއް ލޮލަށް ނުފެނޭ، އަނެއް ލޮލަށް ފެންނަނީ ވަރަށް ފުސްކޮށް. އައިޝަތު ބޭނުންވަނީ ހެޔޮ ދުއާއާއި ދީލަތި އެހީތެރިކަމެއް!

އެހީ ރިޕޯޓް: އެއް ލޮލަށް ނުފެނޭ، އަނެއް ލޮލަށް ފެންނަނީ ވަރަށް ފުސްކޮށް. އައިޝަތު ބޭނުންވަނީ ހެޔޮ ދުއާއާއި ދީލަތި އެހީތެރިކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

ދުނިޔޭގެ ރީތި މަންޒަރުތަކާއި ލޯބިވާ މީހުން ގާތު އުޅެ، އެހުރިހާ މަންޒަރެއްގެ ތެރޭގައި ދިރިއުޅުމަށްފަހު، އެމަންޒަރުތައް ފަހުން ތިމާގެ ލޮލަށް ނުފެނުމުން ހިތައް ކުރާނޭ އަސަރު، ހިތައް ވެސް ނުގެނެވޭހާ ހިތްދައްޗެވެ.

އެފަދަ ހިތްދަތިކަމެއް މިހާރު ތަހައްމަލު ކުރަމުންދާ އެއްފަރާތަކީ ސ. ހިތަދޫ ބިނާތުގެ އުމުރުން 59 އަހަރުގެ އައިޝަތު މަނިކުފާނެވެ.



އައިޝަތު މަނިކުފާނަށް ކުރިން ސާފުކޮށް ލޮލަށް ފެނެއެވެ. ނަމަވެސް މިހާރު އޭނާގެ އެއް ލޮލަށް އެއްގަތަކަށް ވެސް ނުފެންނައިރު އަނެއް ލޯ ފުސްވެފައި ހުރިވަރުން، ލޮލަށް ފެންނަނީ ވަރަށް ކުޑަކޮށެވެ. ރޭގަނދު ވެއްޖިއްޔާ ހަމައެކަނި ފެންނަނީ އަލިކޮށްފައި ހުންނަ ތަންތަން އެކަންޔެވެ. އެވެސް ވަރަށް ގާތުން ފެންނަ ނަމައެވެ.

""ލޯ ފުސްވަނީ ހަމަ އެހެން ހުރެފަ. އެއް ލޮލަށް ފެންނަނީ. އައިޖީއެމްއެޗް އިން ޑރ. ޖުނައިދު ވިދާޅުވީ ސަރޖެރީއެއް ހަދައިގެން ރަނގަޅު ވާނެ ކަމަށް. ނަމަވެސް އެ ސަރޖަރީ ހަދަން ދާން ޖެހެނީ އިންޑިއާ އަށް" އޭނާގެ ހާލަތު "މިއަދުނޫހަށް" ކިޔައިދެމުން އައިޝަތު މަނިކުފާނު ބުންޏެވެ.

އައިޝަތު މަނިކުފާނުގެ ފަސް ދަރިން ތިބެއެވެ. އެއީ ހަތަރު އަންހެން ކުދިންނާއި އެންމެ ދޮށްޓަށް ހުންނަ ފިރިހެން ދަރިފުޅެވެ.

"ދޮށީ ދަރިފުޅު ހުންނަނީ އޭނާގެ ބައްޕަ ގާތުގައި. މަސައްކަތް ކުރަނީ ރިސޯޓެއްގައި. ހަގު ދަރިފުޅަކީ މިއަހަރު ގްރޭޑް 8 ގައި ކިޔަވާ ކުއްޖެއް. އޭނާގެ ބައްޕަ ކޮންމެ މަހަކު ޖަމާކުރާ 2000 ރުފިޔާ އިން ބޭންކަށް 75 ރުފިޔާ ކަނޑާފަ ބާކީ ބައި ބޭނުން ކުރަނީ. އަޅުގަނޑު ހުންނަނީ ތިންވަނަ ދަރިފުޅު ކައިރީގައި. އޭނަވެސް އެކަމަކު މިހާރު ދެވަނަ ކުއްޖާއަށް ބަނޑުބޮޑު. އަޅުގަނޑުގެ ދެން ތިބި ދެ ދަރިން ދިރިއުޅެނީ އެމީހުންގެ ފިރިންގެ ގޭގައި" އައިޝަތު މަނިކުފާނު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި، ކުރިން އާސަންދަ މެދުވެރިކޮށް އޭނާގެ ލޮލުގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. ނަމަވެސް މިފަހަރު އިންޑިއާ އަށް ސަރޖެރީ ހެދުމަށް ދާން ޑޮކްޓަރުން ލަފާ ދީފައިވާއިރު، އާސަންދަ ހަމަޖެހިފައި ނުވާ ކަމަށް އައިޝަތު މަނިކުފާނު ވަނީ ބުނެފައެވެ. އެހެންކަމުން އޭނާ އެދެނީ، އޭނާގެ ލޮލުގެ އޮޕަރޭޝަން ކުރުމަށް ދީލަތި އެހީތެރިކަމެކެވެ.

އައިޝަތު މުޙައްމަދު އަށް އެހީތެރިވުމަށް ފައިސާ ޖަމާ ކުރައްވާނީ ބީއެމްއެލް އެކައުންޓު ނަންބަރު 101 382160 7708 (އައިޝަތު މަނިކުފާނު) އަށެވެ. އިތުރު މައުލޫމާތު 7632686 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ